ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)269/269/2022/17
ޕަބްލިޝްކުރި ތާރީޚް: 17 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 08:31
ސުންގަޑި: 26 މާރިޗު 2022 14:00
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމައްޗަށްވާ ގޮތަށް ހުންނަ ގަސްގަހުން ގޮފި ކޮށުމާއި ގޯތިގޯތީގެ މަގުފަޅި ސާފު ކުރުމާބެހޭ

އިޢުލާން

މަގުމައްޗަށްވާ ގޮތަށް ހުންނަ ގަސްގަހުން ގޮފި ކޮށުމާއި ގޯތިގޯތީގެ މަގުފަޅި ސާފު ކުރުމާބެހޭ

     ރަށުތެރޭގައި މަގުފަޅި ސާފުނުކޮށް ހުރި ބައެއް ގޯތި ހުރިކަމަށް މި އިދާރާއަށް ވަނީ ފާހަގަ ކުރެވިފައެވެ. މިކަމަކީ ދޭތެރެ ދޭތެރެއިން މި އިދާރާގެ ފަރާތުން ރައްޔިތުންގެ ސަމާލުކަމަށް ގެންނަމުންދާކަމެކެވެ. އަދި މިގޮތުގެ މަތިން ގޯތީގެ މަގުފަޅި ސާފުނުކޮށް ހުރި ގޯތިގޯތީގެ ވެރިފަރާތްތަކުން މަގުފަޅި ސާފު ކުރުމަށް ތަކުރާރުކޮށް އިރުޝާދު ދެމުން ގެންދެވެއެވެ.

     ވީމާ، މަގުފަޅި ސާފުނުކޮށް ހުރި ގޯތިގޯތީގެ ވެރިފަރާތްތަކުން މިއަދުން ފެށިގެން 10 ދުވަހުގެ ތެރޭގައި މަގުފަޅި ސާފުކޮށް ނިންމެވުން އެދެމެވެ.    

     އަދި ބައެއް ގޭގޭގެ މަގުމައްޗާވީ ފަރާތު ގޯތިތެރޭގައި ހައްދާފައި ހުންނަ ރުއްގަހުން މަގުމައްޗަށްވާ ގޮތަށް ނުކުމެފަ ހުންނަ އޮފިފަދަ ތަކެއްޗާއި، ބައެއް މަގުތަކުގައި ގިނަދުވަސްތަކެއް ވަންދެން ބަހައްޓާފަ ހުންނަ ބައެއްކަހަލަ ތަކެތީގެ ސަބަބުން މަގުހިނގާ މީހުންނަށާއި، ދުއްވާތަކެއްޗަށް، ޚާއްޞަކޮށް އެމްބިއުލަންސް ފަދަ މުހިންމު ވެހިކަލްފަދަ އެއްގަމު އުޅަނދު ދުއްވުމަށް އުނދަގޫ ވާތީވެ އެކަމުގެ ޝަކުވާ މިއިދާރާއަށް ލިބެމުންދެއެވެ. ވުމާއެކު، މިހާރަށްވުރެ ބޮޑަށް މިކަމަށް ސަމާލުކަން ދެއްވައިގެން ޢާންމުންނަށާއި، ދުއްވާ އެއްޗިއްސަށް ދަތިވާގޮތަށް ހުންނަ މިބާވަތުގެ ރުއްގަހުން މަގުމައްޗަށްވާބައި، ބިމުން ފެށިގެން 10 ފޫޓް ހުންނަވަރަށް ކޮށުމަށާއި، މަގުމައްޗައްވާގޮތަށް ހުރި ބޮޑެތި ރުއްތައް ސާފުކުރެއްވުމަށާއި، މަގުތަކުގައި ގޯތިންބޭރުގައި ބަހައްޓާފައިވާ އެންމެހައި ތަކެތި މިއަދުން ފެށިގެން 10 ދުވަހުގެ ތެރޭގައި ނަގާ ސާފުކުރުމަށް ދަންނަވަމެވެ. އަދި މިފަދަ ކަންކަމުގައި ރަށުގެ ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުން ފާހަގަކޮށް އެކަމަށްޓަކައި މިފުރުޞަތުގައި ޝުކުރު ދަންނަވަމެވެ.

     މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 މާރިޗު 2022