ވަޒީފާގެ ފުރުޞަތު
ނަންބަރު: GS70/2014/06
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 08:54
ސުންގަޑި: 04 ސެޕްޓެންބަރު 2014 14:00
ކެޔޮދޫ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މި ސްކޫލަށް އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމަށް މީހަކު ހޯދުމަށް ކުރި އިޢުލާން ނަންބަރު: GS70/2014/03 އިޢުލާނުގެ ޝަރުޠު ނުބައިކޮށް ލިޔެވިފައިވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އެ މަޤާމަށް އިޢުލާން ކުރަމެވެ. ވީމާ މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ (މަޤާމުގެ ނަންބަރު: SDR-188/22/2014/53)

ބޭނުންވާ އަދަދު:       

01  (އެކެއް)

ރޭންކް:

ޖީ.އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މުސާރަ:            

4,465.00 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 1,500.00 ރުފިޔާ

ވަޒީފާ އަދާކުރަންޖެހޭ އޮފީހާއި، ސެކްޝަން:  

ވ.ކެޔޮދޫ ސްކޫލްގެ އިދާރާ، ބަޖެޓްސެކްޝަން / ވ. ކެޔޮދޫ

މަޤާމުގެ ފެންވަރު ނުވަތަ ޝަރުޠު/ ތަޢުލީމާ، ތަޖުރިބާތައް:

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑު ލިބިފައިވުމާއެކު، އޭގެއިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:

  1. އިދާރާއަށް ލިބޭ އެންމެހާ ފައިސާ ބަލައިގަނެ ރަސީދު ހަދައި ދުވަހު ފޮތާއި، އައިޓަމްބާކީ ފޮތާއި، ތިޖޫރީ ބާކީ އަދި ބަޖެޓް ފައިސާ އެއްނަމަ ބަޖެޓް ފޮތްތަކުގައި ލިޔެ ލިބޭ ފައިސާ ދުވަހުން ދުވަހަށް ތިޖޫރިއާ ޙަވާލުވެ ހުރި މުވައްޒަފަކާ ފައިސާ ޙަވާލުކޮށް ސޮއިކުރުވުން
  2. މަހަކު އެއްފަހަރު ތައްޔާރުކޮށް ފޮނުވަންޖެހޭ ބަޖެޓް ރިޕޯޓު، ބޭންކް ރިކޮންސިލިއޭޝަން ސްޓޭޓްމަންޓް، ތިޖޫރީ ރިޕޯޓު އަދި އެހެނިހެން ފައިސާގެ ރިޕޯޓުތަކާއި އަދި އަހަރަކު އެއްފަހަރު ފޮނުވަންޖެހޭ މާލީ ހިސާބުގެ ރިޕޯޓު ތައްޔާރުކޮށް ފޮނުވުމާއި، ފައިލްކޮށް ބެލެހެއްޓުން
  3. ސްކޫލުގެ އިންވެންޓްރީ ބަރާބަރަށް އަޕްޑޭޓުކޮށް ބެލެހެއްޓުމާއި އިންވެންޓްރީއަށް ވައްދަންޖެހޭ އެއްޗެހި ދުވަހުން ދުވަހަށް އިންވެންޓްރީ އަށް ވައްދައި އަދި ނައްތާލަންޖެހޭ އެއްޗެހި ނައްތާލުމާއި ސްޓޮކް ބެލެހެއްޓުން.
  4. ސްކޫލާއި ސްކޫލުގެ ބެލުމުގެދަށުގައިވާ ތަންތަނުން ބާވެ ނައްތާލަންޖެހޭ ތަކެތި ގަވާއިދުން ނައްތާލުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ލިޔުންތައް ތައްޔާރުކޮށް ތަކެތި ނައްތާލުމާއި، ނީލަންކިޔަންޖެހޭ ތަކެތި ނީލަން ކިޔުމާބެހޭ ގޮތުން ކުރަންޖެހޭ އެންމެހާ މުޢާމަލާތްތައް ހިންގުން.
  5. ސްކޫލުން ކުރިއަށް ގެންދާ އިތުރު ހަރަކާތްތަކުގައި ބައިވެރިވުމާއި، ސްކޫލުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

  1. ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާ
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  3. މަސައްކަތު ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް

އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ ވ.ކެޔޮދޫ ސްކޫލުގައެވެ. އަދި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި އިންޓަވިއު އަށް ހާޒިރުވުމަށް އެންގޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން 4 ސެޕްޓެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 14:00 ގެ ކުރިން ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް ވ. ކެޔޮދޫ ސްކޫލުގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އުޖޫރައާއި ޢިނާޔަތްތައް:

ދިވެހި ސިވިލް ސަރވިސްގައި ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.

ޗުއްޓީ:

ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް ޗުއްޓީ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (ކެޔޮދޫ ސްކޫލުންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތައް (އެކްރެޑިޓް ކޮށްފައިވާ)، ތަމްރީނުތައް ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ދެފުށުގެ ލިޔުންތައް ސާފުކޮށް ކިޔަންއެނގޭ)، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) ސީވީ ތައްޔާރު ކުރަށްވާނީ ވަޒީފާއަށް އެދޭ ފޯމާއެކުގައިވާ ނަމޫނާއާ އެއްގޮތަށެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6700804 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6700804 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

 

            

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

1 ޛުލްޤަޢިދާ  1435

27 އޮގަސްޓް 2014