ބީލަން
ނަންބަރު: (IUL)286-CB286/2022/23
ޕަބްލިޝްކުރި ތާރީޚް: 17 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 15:03
ސުންގަޑި: 31 މާރިޗު 2022 13:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. ކެނދިކުުޅުދޫ ކައުންސިލަށް ޤާނޫނީ ލަފާދޭނެ ފަރާތެއް ހޯދުން

ނ. ކެނދިކުޅުދޫ ކައުންސިލަށް އެކިކަންކަމުގައި ބޭނުންވާ ޤާނޫނީ ލަފާދިނުމާއި، ޤާނޫނީ ލިޔުންތައް ފަރުމާ ކޮށްދިނުމާއި، ކައުންސިލުން ދަޢުވާކުރަންޖެހޭ އަދި ކައުންސިލަށް ދަޢުވާލިބޭ މައްސަލަތަކުގައި ވަކާލާތުކުރުން ފަދަ ޤާނޫނީ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބިޑް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ.

ތަފްޞީލް

ތާރީޚާއި ގަޑި

ބިޑުގައި ރަޖިސްޓްރީވުމުގެ ސުންގަޑި

23 މާރިޗް 2022، 13:00

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ބައްދަލުވުން

31 މާރިޗް 2022، 13:00

 

 

 

  • ·         ބިޑާއިގުޅޭ މަޢުލޫމާތާއި އެހެނިހެން ލިޔެކިޔުންތަށް މި ޢިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ބިޑުގައި ރަޖިސްޓްރީވުމަށް މިކައުންސިލްގެ ކައުންޓަރު ނަންބަރު 6560013 އަށް ގުޅުއްވާ އަންނަނިވި މަޢުލޫމާތު ފޯރުކޮށްދެއްވާ ނަންނޯޓުކުރެއްވުމަށް ދަންނަވަމެވެ. ނުވަތަ އިންލައިންކޮށް ރަޖިސްޓްރީވުމަށްޓަކައި ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

ރަޖިސްޓްރޭޝަން ލިންކު: https://forms.gle/BY4NDZ4siMpBxxNj9

ރަޖިސްޓްރޭޝަންގައި ފުރިހަމަކުރަންޖެހޭ މަޢުލޫމާތު

  1. ވިޔަފާރި / ލޯ ފާރމް ގެ ފުރިހަމަ ނަން
  2. މަސްޢޫލުވެރި ފަރާތުގެ ފުރިހަމަ ނަން
  3. ގުޅޭނެ ނަންބަރު
  4. ރަސްމީ އީމެއިލް އެޑްރެސް

ދެވިފައިވާ މުއްދަތުގައި ބިޑް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށާއި ގަޑިޖެހިގެން ބިޑް ހުށަހެޅުމަށް ހާޟިރުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.

މިމަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ލިޔުމުން މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 28 މާރިޗު 2022 ވާ ހޯމަ ދުވަހުގެ  13:00 ގެ ކުރިން، [email protected] މިއީމެއިލް އެޑުރެހަށެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

17 މާރިޗު 2022

17 މާރިޗު 2022