ދިވެހިރާއްޖެ
އިޢުލާން
17މާރިޗް 2202
ކަނޑުއޮތްގިރި ފިޝްވިލެޖްގެ ޕެސްޓް ކޮންޓްރޯލް ކޮށްދޭނެ ފަރާތެއް ހޯދުން
ކަނޑުއޮތްގިރީ ފިޝްވިލެޖްގެ ޕެސްޓް ކޮންޓްރޯލް ކޮއްދޭނެ ފަރާތެއް ހޯދުމަށް 06 މާރޗް 2022 ގައި ކޮށްފައިވާ އިޢުލާނަށް )އިއުލާން ނަންބަރު:(134-PROC/I/2022/09 އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.
ބިޑް ކުރިއަށްދާނެގޮތުގެ ތަފްޞީލް |
ތާރީޙް |
ވަގުތު |
|
ބިޑްހުޅުވާ ބައްދަލުވުމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން |
އީމެއިލް މެދުވެރިކޮށް |
22 މާރިޗް 2022 |
މެންދުރު 12:00ގެ ކުރިން |
މަޢުލޫމާތު ކަރުދާސް |
އެޓޭޗްކުރެވިފައި |
||
އަންދާސީ ހިސާބު ހުށަހެޅުން |
އީމެއިލް މެދުވެރިކޮށް |
22 މާރިޗް 2022 |
08:00ހެނދުނު-01:00މެންދުރު ދެމެދު |
ބިޑް ހުޅުވުން |
މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް |
22 މާރިޗް 2022 |
02:00 މެންދުރު |
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާއިރު [email protected] ގެ އިތުރުން އެހެން އީމެއިލް އެޑްރެސް އަކަށް ނުފޮނުއްވުން އެދެމެވެ. މިނޫން އީމެއިލް އެޑްރެސް ތަކަށް ފޮނުވާ އަންދާސީ ހިސާބުތައް ބަލައިނުގަތުމުގެ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެން ވެއެވެ.
ނޯޓް: ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ އެކު އެޓޭޗްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބާތިލްވާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އެންގުމަކާ ނުލާ އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.