ވަޒީފާގެ ފުރުޞަތު
ނަންބަރު: 145-A/2022/24
ޕަބްލިޝްކުރި ތާރީޚް: 17 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 14:23
ސުންގަޑި: 28 މާރިޗު 2022 13:00
ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
ލީގަލް އޮފިސަރ (ވަގުތީ)

މަޤާމް :ލީގަލް އޮފިސަރ (ވަގުތީ)
ބޭނުންވާ އަދަދު :2

ރޭންކް

JS12-2

މަސައްކަތްކުރަންޖެހޭތަން

ކްރިމިނަލް ކޯޓު

އަސާސީ މުސާރަ

-/9,412 ރުފިޔާ (ނުވަހާސް ހަތަރު ސަތޭކަ ބާރަ ރުފިޔާ)

މިމަޤާމަށް ލިބޭ އެލަވަންސް

  • ސަރވިސް އެލަވަންސް -/3,000 (ތިންހާސް ރުފިޔާ)
  • ލިވިންގ އެލަވަންސް -/2,700 (ދެހާސް ހަތްސަތޭކަ ރުފިޔާ)
  • ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %55
  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

އަސާސީ ޝަރުޠު

1-      ޝަރީޢަތާ ޤާނޫނު, ޝަރީޢާ ނުވަތަ ޤާނޫނުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން.

އެހެނިހެން ޝަރުޠު

  • ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީ ގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅި ކުރުމުގެ އިޚްތިޔާރު ލިބޭ އުމުރުކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011 ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ކޯޓުގެ މުވައްޒަފަކާއި ހުރި ފަރާތެއް ކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތު

މި މަޤާމަކީ ޝަރީޢަތްކުރާ ސެކްޝަނަކަށް އެކަށައަޅާފައިވާ މަޤާމަކަށްވާތީ، ތިރީގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރަންވާނީ ސެކްޝަންއާ ޙަވާލުވެ ހުންނެވި ޤާޟީގެ ލަފަޔާއި މަޝްވަރާއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

1-      ސެކްޝަނަށް ހުށަހެޅޭ މައްސަލަތައް ދިރާސާކުރުމާއި، ދިރާސާކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުން.

2-      މައްސަލަތަކާއި ގުޅިގެން ކަމާއިބެހޭ ފަރާތްތަކަށް ސެކްޝަނުން ފޮނުވަންޖެހޭ ސިޓީތައް ޑްރާފްޓްކުރުން.

3-      މައްސަލަތަކުގެ ނިންމުންތަކާއި ރިޕޯޓުތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.

4-      މައްސަލައިގައި ހިމެނޭ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ކަންތައް ކުރިއަށް ގެންދިއުން.

5-      ސެކްޝަނުން ނިންމާ މައްސަލަތަކުގެ ރިޕޯޓުތަކާއި އެހެނިހެން ކަމާއިބެހޭ ފަރާތްތަކަށް ފޮނުވުމަށް ސެކްޝަނުން ފުރިހަމަކުރަންޖެހޭ ކަންކަން ވަގުތަށް ފުރިހަމަކުރުވުން.

6-      ސެކްޝަންގެ ރެކޯޑިންގ ބަޔާންތައް ކަނޑައަޅާފައިވާގޮތަށް ލިޔެ ތައްޔާރުކުރުވުން.

7-      މައްސަލަތަކުގެ އަޑުއެހުން ނިންމުމަށްފަހު، އެ މައްސަލައަކާ ގުޅިގެން ދެންއަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަނޑައަޅާފައިވާ ގޮތުގެމަތިން ފިޔަވަޅު އަޅާފައިވާކަން ޔަޤީންކުރުން.

8-      ޤާނޫނުތަކާއި ޤަވާޢިދުތަކާއި، މަތީމަރުޙަލާގެ ކޯޓުތަކުގެ ނިންމުންތައް ދިރާސާކޮށް އަހުލުވެރިވުން.

9-      ޢައްޔަނުކޮށްފައިވާ ސެކްޝަންގެ މަސައްކަތަށް ބުރޫނާރާނެ ގޮތުގެމަތިން، ކްރިމިނަލް ކޯޓުން ހަދާ ޤަވާޢިދުތަކާއި އުޞޫލުތައް ޑްރާފްޓްކޮށް އެކުލަވާލުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.

ތަޢުލީމީ ދާއިރާ

ޤާނޫނާއި ޝަރީޢަތުގެ ދާއިރާ

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި

1-      ފުރިހަމަކޮށްފައިވާ، ޝަރުޢީދާއިރާގެ ވަޒީފާއަށް ވަނުމަށް އެދޭފޯމު.

2-      ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް އަދި ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާއި އެވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް).

3-      ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ .

4-      ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓްގެ ކޮޕީ.

5-      މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރެއްވިކަމުގެ ރަސްމީ ލިޔުމާއި އެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯރޓް ހުށަހެޅުމާއި އެކު، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.

6-      މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަ ކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކާއި ގުޅިގެން ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއްނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.

7-      ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަޤާމްގެ ނަން، ހޭދަވި މުއްދަތު، ރޭންކް އަދި އަދާކުރާ މަސްއޫލިއްޔަތު އެނގޭނެ ފަދަ ލިޔުމެއް)

8-      ޝަހާދާ ޡާނަވިއްޔާ ނިންމާފައިވާ ފަރާތްތަކުން ތަޢުލީމް ޙާސިލްކުރި ތަނުން ދޫކުރާ ސެޓްފިކެޓްގެ ޓްރާންސްލޭޓް.

9-      ކުރު މުއްދަތުގެ ޓްރެއިނިންގ ޕްރޮގްރާމްތަކާއި، ކޯސްތައް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.

10-  ދައުލަތް ނުވަތަ ދައުލަތް ހިއްސާވާ ކުންފުންޏެއް ފިޔަވައި އިތުރު ތަނެއްގައި މަސައްކަތް ކުރައްވާނަމަ ނުވަތަ ކޮށްފައިވާނަމަ އެތަނެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު އެނގޭނެ ލިޔުމެއް ހުށަހެޅުން.

ސުންގަޑި

28 މާރިޗު 2022 ވަނަ ދުވަހުގެ 13:00ގެ ކުރިން  [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

  • މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތައް، މަޤާމުގެ އިންޓަރވިއުއާއެކު ޕްރެޒެންޓޭޝަނެއް ހުށަހަޅަންވާނެއެވެ. އަދި ހުށަހަޅަންޖެހޭ ޕްރެޒެންޓޭޝަނާބެހޭ މަޢުލޫމާތު ޝޯޓްލިސްޓުވާ ފަރާތްތަކާ ހިއްސާކުރެވޭނެއެވެ.
  • ވަޒީފާއަށްއެދޭ ފޯމު މިކޯޓުގެ ކައުންޓަރުންނާއި، މިކޯޓުގެ ވެބްސައިޓް: www.criminalcourt.gov.mv އިން ލިބެން ހުންނާނެއެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓުގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ޙާޟިރުވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނަން ވާނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

ކޮމްޕިޓަންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)

ތަޢުލީމް

30%

ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތައް

5%

މަސައްކަތު ތަޖުރިބާ

15%

ޕްރެކްޓިކަލް ޓެސްޓް

20%

ޕްރެޒެންޓޭޝަން އަދި އިންޓަރވިއު

30%

 

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ޤާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ހ) ގެ (2) ނަންބަރުގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވުން ނުވަތަ އެ ފުރުޞަތު ހުރި/ނެތް މިންވަރު.
  • އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއިއެކު އެޑްވާންސް ފެންވަރެއްގައި ބޭނުން ކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
  • ޤާނޫނުލް އުޤޫބާތާއި، ޖިނާއީ އިޖުރާޢަތުގެ ޤާނޫނާއި ގަވާއިދާއި، ޖިނާއީ މައްސަލަތަކާ ގުޅުންހުރި މަތީ މަރުޙަލާގެ މުހިއްމު ނިންމުންތަކާއި، ވަޒީފާއާއިބެހޭ ޤާނޫނާއި، ދައުލަތުގެ މާލިއްޔަތު ޤަވާޢިދާއި، ޝަރުޢީދާއިރާގައި ހެދިފައި ހުންނަ ޤަވާޢިދުތަކާއި އުޞޫލުތަކާއި، ޤާނޫނީ ދިރާސާކުރުމަށް ބޭނުންކުރާ ސަރޗް އެންޖިންތައް ބޭނުންކުރަން އެނގޭ މިންވަރު.
  • ދިވެހިބަހުގެ ހަމަތަކާއި، އުޞޫލުތަކާ އެއްގޮތަށް ލިޔުންތައް ޑްރާފްޓްކުރުމުގެ ޤާބިލުކަން ހުރި/ނެތް މިންވަރު.
  • މަޤާމުގެ ޒިންމާތައް އަދާކުރުމުގެ ތަޢުލީމާއި ގާބިލުކަންހުރި ފަރާތެއްކަމަށް އިންޓަވިއު ޕެނަލަށް ޤަބޫލުކުރެވުން.
  • ޓީމެއްގެ ގޮތުގައި، ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ހުރި/ނެތް މިންވަރު.
  • އެހެން އިދާރާއެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ ފަރާތެއްނަމަ ކޮށްފައިވާ މަސައްކަތުގެ ފެންވަރާއި، ހާޟިރީއާއި، މަސައްކަތުގެ އަޚްލާޤު ހުރި/ނެތް މިންވަރު.

 

މިކޯޓުގެ ނަންބަރު 145-A/2022/15 (13 ފެބްރުވަރީ 2022) އިޢުލާން އަދި ނަންބަރު 145-A/2022/17 (20 ފެބްރުވަރީ 2022)  އިޢުލާންތައް ބާޠިލްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

17 މާރިޗު 2022