ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)325-MS/325/2022/11
ޕަބްލިޝްކުރި ތާރީޚް: 17 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 13:50
ސުންގަޑި: 31 މާރިޗު 2022 14:00
މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ދޫކުރުމުގެ އުޞޫލް 2022 އަށް ޚިޔާލު ހޯދުން

 

މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލް އިދާރާ

ބ.ގޮއިދޫ / ދިވެހިރާއްޖެ.

 

ނަމްބަރު:(IUL)325-MS/325/2022/11

އިޢުލާން

ގޯތި ދޫކުރުމުގެ އުޞޫލް 2022 އަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

           މިއަހަރު ދޫކުރުމަށް ހަމަޖެހިފައިވާ 25 ގޯތި ދޫކުރުމަށް މިކައުންސިލުން މިހާރު ޑްރާފްޓް ކުރެވިފައިވާ ގޯތި ދޫކުރުމުގެ އުޞޫލް 2022 ފާސްކުރުމުގެ ކުރިން ޢާންމުންގެ ޚިޔާލް ހޯދުމަށް ކައުންސިލުން ނިންމާފައިވާތީ ، މިދެންނެވި އުޞޫލްގެ ދެލިކޮޕީ ޢާންމުންގެ ޚިޔާލަށް ހުޅުވާލަމެވެ.  ވީމާ ، ޚިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން  މިއަދުންފެށިގެން 31 މާރޗް 2022 ވާ ބުރާސްފަތި ދުވަހުގެ 14.00 އާދެމެދު ، އީމެއިލް ނުވަތަ ވައިބަރ ގެ އިތުރުން  ސީދާ ލިޔުމުން  މިކައުންސިލަށް ޚިޔާލް ފޮނުއްވުން އެދެމެވެ.

          އީމެއިލުންނަމަ  ފޮނުއްވާނީ :  [email protected] އަށެވެ.

          ވައިބަރއިންނަމަ   :   7605557 އަށެވެ.

          ލިޔުމުންނަމަ ކަނޑައެޅިފައިވާ ސުންގަޑިގެކުރިން ބަންދުނޫންކޮންމެ ދުވަހެއްގެ ރަސްމީގަޑީގައި މިކައުންސިލްގެ ކައުންޓަރުން ބަލައިގަންނާނެއެވެ.

            މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

           17 މާރޗް 2022  

17 މާރިޗު 2022