މަސައްކަތް
ނަންބަރު: (IUL)30-C/30/2022/97
ޕަބްލިޝްކުރި ތާރީޚް: 17 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 13:28
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު

ކޮކޮނަޓް ރިހިބެލިޓޭޝަން ޕްރޮގްރާމް ހިންގުމަށް ބޭނުންވާ މުޑުވަށް ސަޕްލައިކޮށް، ހދ.ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް ޑެލިވަރކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)30-C/30/2022/94 އިޢުލާނުގެ މައުލޫމާތު ބަދަލުވެފައި ވާތީ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި (އެސް.އެމް.އީ) ތަކަށް ފުރުސަތު ހުޅުވާލަމެވެ.

މިޕްރޮޖެކްޓްގެ ބިޑް ސެކިޔުރިޓީ އަދި ޕާރފޮމެންސް ގެރެންޓީ ތިރީގައި ބަޔާންކޮށްފައިވާ އަދަދަށް ހުށަހަޅަން ޖެހޭނެއެވެ.

ބިޑް ސެކިއުރިޓީ

ޕާރފޮމެންސް ގެރެންޓީ    

1,050 ރުފިޔާ

ހުށަހަޅާ އަގުގެ %3

  1. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 60 ދުވަހެވެ.
  2. ބިޑް ކާމިޔާބު ކުރާފަރާތުން، ޕްރޮޖެކްޓް އެވޯޑް ކުރެވޭތާ 28 (އަށާވީސް) ދުވަހުގެ ތެރޭގައި ޕާރފޮމެންސް ގެރެންޓީ ހުށަހަޅަންވާނެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 28 މާރޗް 2022 ވާ ހޯމަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.

 މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 10:00 އަށެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3339236 އަދި 3339282 ނަންބަރު ފޯނަށެވެ.

17 މާރިޗު 2022