މަސައްކަތް
ނަންބަރު: GS-85/IUL/2022/03
ޕަބްލިޝްކުރި ތާރީޚް: 16 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 12:30
ސުންގަޑި: 31 މާރިޗު 2022 13:05
މަދްރަސަތުއްޞަބާޙް
ދިވެހިރާއްޖެ
ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށައެޅުމަށް ރަޖިސްޓްރީ ކުރައްވަވާ މައުލޫމާތު ސާފުކުރެއްވުމަށްފަހު ބީލަން ހުށައެޅުއްވުމަށް ދެންނެވީމެވެ. މިމަސައްކަތްކުރުމަށް ބީލަން ހުށަހެޅޭނީ ޤާނޫނު ނަމްބަރ 2014/18 ( ދިވެހިރާއްޖޭގެ ކުންފުންޏާއިބެހޭ ޤާނޫނު ) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޤާނޫނު ނަމްބަރ  2014/19 ( އަމިއްލަ ފަރުދުންގެ ވިޔަފާރިއާއި ބެހޭ ޤާނޫނު ) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން " ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް " ފުރުއްވުމަށްފަހު މި ސްކޫލްއަށް ހުށަހަޅައިގެން ނުވަތަ ސްކޫލްގެ މެއިލްއަށް ފޮނުއްވައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

ބީލަން ރަޖިސްޓްރީ ކުރުން

23 މާރޗް 2022 ވަނަދުވަހުގެ  13:00 ގެ ކުރިން

ޕްރީ- ބިޑް ބައްދަލުވުން

24 މާރޗް 2022 ވަނަދުވަހުގެ 13:00 ގައި ފިއްލަދޫ ސްކޫލްގައި

ބީލަން ބަލައިގަތުން

31 މާރޗް 2022 ވަނަ ދުވަހުގެ 13:00 ގައި

ބީލަންތައް ހުޅުވުން

31 މާރޗް 2022 ވަނަދުވަހުގެ 13:05 ގައި ފިއްލަދޫ ސްކޫލްގައި

 

 މި ޕްރޮޖެކްޓާއި ގުޅޭ ބީލަން ފޮތް މި އިޢުލާނާއިއެކު އެޓޭޗް ކުރެވިފައި ވާނެއެވެ. ބީލަން ހުށަހެޅުމާއި، ބީލަން ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށައަޅާ ފަރާތްތަކުގެ ޚާޟިރުގައެވެ. ބީލަން ހުށައަޅާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އިތުރުމައުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މި ސްކޫލްގެ ނަމްބަރ 6500536 އަށް ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

           މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.  

16 މާރިޗު 2022