ބީލަން
ނަންބަރު: (IUL)468-U01/468/2022/59
ޕަބްލިޝްކުރި ތާރީޚް: 16 މާރިޗު 2021
ޕަބްލިޝްކުރި ގަޑި: 12:04
ސުންގަޑި: 22 މާރިޗު 2021 10:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލަކު ސިޓީގެ މިސްކިތްތަކުގެ އޭސީ ސާރވިސްކުރުމާއި އޭސީ ހަރުކުރުމާއިގުޅޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު  

ފުވައްމުލަކު ސިޓީގެ މިސްކިތްތަކުގެ އޭސީ ސާރވިސްކުރުމާއި އޭސީ ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މަސައްކަތުގެ ތަފްސީލް

- 81 އޭސީ ސާރވިސް ކުރުން

- 14 އޭސީ ހަރުކުރުން

 

ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 17 މާރިޗް 2022 އިން 22 މާރިޗް 2022 އަށް މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑް ގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) މެއިލްކޮށްދެއްވުން އެދެމެވެ.

މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް  17 މާރިޗް 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ލިބެން ހުންނާނެއެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓު ސޮފްޓްކޮޕީ ފޯމެޓްގައި މެއިލް ކުރެވޭނެއެވެ.

މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 22 މާރިޗް 2022 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި އީމެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 22 މާރިޗް 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން އޮންނާނީ 24 މާރިޗް 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

 

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 ފުވައްމުލަކު ސިޓީ ކައުންސިލް،

 ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

  ފޯން:  6862830، 6862829

  އީމެއިލް: [email protected]

16 މާރިޗު 2021