ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: MNU-CA-FNP/2014/488
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 08:42
ސުންގަޑި: 03 ސެޕްޓެންބަރު 2014 11:30
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ނެޓްވާރކް ސްވިޗްތަކެއް ގަންނަން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް ނެޓްވާރކް ސްވިޗްތަކެއް ގަންނަން ބޭނުންވެގެން ކުރި އިޢުލާން ނަންބަރު 465/MNU-CA-FNP/2014 އަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅަން ހާޒިރުވެފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލައިފީމެވެ.

ވީމާ، މިތަކެތި ވިއްކެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 3 ސެޕްޓެންބަރު 2014 ވާ (ބުދަ) ދުވަހުގެ 11:30 ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 9 ސެޕްޓެންބަރު 2014 ވާ (އަންގާރަ) ދުވަހުގެ 12:00 ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

30  ޝައްވާލު  1435

26 އޮގަސްޓް 2014