ނީލަން
ނަންބަރު: F12C-A/2022/2
ޕަބްލިޝްކުރި ތާރީޚް: 17 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 11:39
ސުންގަޑި: 23 މާރިޗު 2022 00:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ބައު ތަކެތި ނީލަމުގައި ވިއްކުން

މި ކޯޓުގައި ބައުތަކެތީގެ ގޮތުގައި ނީލަންކިޔުމަށް ހުއްދަ ލިބިފައިވާ ބައެއް ތަކެތި ނީލަމުގެ އުޞޫލުން ނީލަން ކިޔުން 2022 މާރިޗު 24 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 16:30 ގައި މިކޯޓުގައި އޮންނާނެއެވެ. މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 2022 މާރިޗު 24 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ށް މިކޯޓަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 2022 މާރިޗު 24 ވާ ބުރާސްފަތި ދުވަހުގެހަވީރު 16:30 އަށް މިކޯޓަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv އަށް ދެއްކެވުމަށްފަހު ތަކެތި ގެންދަވަން ވާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

17 މާރިޗު 2022