ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)388-PRO/388/2022/24
ޕަބްލިޝްކުރި ތާރީޚް: 17 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 10:34
ސުންގަޑި: 24 މާރިޗު 2022 14:00
ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުން

ރަށުގައި ޤާއިމްކުރެވެމުންދާ ފެނާއި ނަރުދަމާގެ ހިދުމަތުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ އަލަށް އާބާދުވާ ސަރަހައްދުގެ ހުޅަނގުންވާ ދުނބުރިގަސްމަގުގައި ފެހިކުލައިން ނަންބަރުޖެހިފައިވާ ރުއްގަހުގެ ވެރިން ހޯދަންބޭނުންވެއެވެ. ވީމާ، ރުއް ނުވަތަ ގަހުގައި ޖެހިފައިވާ ނަންބަރާއި ވެރިފަރާތް އެނގޭނޭހެން 24 މާރިޗު 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ލިޔުމުން ހުށަހެޅުއްވުންއެދެމެވެ. މިއިޢުލާނާއިއެކު ރުއްގަހުގެ ލިސްޓް އާއްމުކުރެވިފައިވާނޭކަމުގައި ދެންނެވީމެވެ.                                 

               މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަމްބަރު 7980047 ފޯނާގުޅުއްވުންއެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

17 މާރިޗު 2022