ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)307/INDIV/2022/22
ޕަބްލިޝްކުރި ތާރީޚް: 16 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 10:15
ސުންގަޑި: 24 މާރިޗު 2022 14:00
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާއިބެހޭ

                        ތިރީގައި މިދަންނަވާ ސަރަހައްދު ތަކުގައި ނަމްބަރ ޖަހާފައިވާ ރުއްގަހުގެ ވެރިފަރާތްތައް ހޯދަން ބޭނުން ވެއްޖެއެވެ.

1-     އުރީދޫ ހަޓް ސަރަހައްދުގައި

  • 9 ރުއް          
  • 2 މިދިލިގަސް  
  • ދިއްގާގަސް
  • ކަށިކެޔޮ ގަސް

2-     ހާފްޑްރީމް އެވެ ކިޔާ ބަންޑާރގޯތީގެ އުތުރުން ފެށިގެން ސަންފްރެސް އެވެ ކިޔާ ބަންޑާރަ ގޯއްޗާއި  ދެމެދުގައި

  • ބަނބުކެޔޮގަސް             
  • 16 ރުއް
  • ހިރުނދުގަސް
  • 1 ފޭރުގަސް
  • 1 ބިލަމަގު ގަސް

3-     ސަނީސައިޑް އެވެ ކިޔާ ބަނޑާރަ ގޯތީގެ އިރުން

  • ރުއް     

                        ވިމާ، މަތީގައި ދެންނެވިފާއިވާ ރުއްގަހުގެ ވެރިފަރާތެއްވާނަމަ 2022 މާރިޗު 24 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދު ކުރުމުގެ ކުރިން ސަރަހައްދާއި އެކު ރުއްގަހުގައި ޖަހާފައިވާ ނަމްބަރު އެނގޭގޮތަށް ލިޔުމަކުން މިއިދާރާއަށް އަންގަވައިދެއްވުން އެދެމެވެ.         

                        މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 މާރިޗު 2022