މަސައްކަތް
ނަންބަރު: (IUL)342/INDIV/2022/33
ޕަބްލިޝްކުރި ތާރީޚް: 17 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 09:01
ސުންގަޑި: 31 މާރިޗު 2022 13:30
އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ ކޮންފްރެންސް ހޯލުގެ ނިންމުމަށް ކުރަންޖެހޭ މަސައްކަތްތަށް ކޮއްދޭނެ ފަރާތެއް ހޯދުން.

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ކައުންސިލް އިދާރާގެ ކޮންފްރެންސް ހޯލުގެ ނިންމުމަށް ކުރަންޖެހޭ މަސައްކަތްތަށް ކޮއްދޭނެ ފަރާތެއް ހޯދުން.

މިއިދާރާގެ ގޯތި ތެރޭގައި ޢިމާރާތްކޮއްފައިހުރި ކޮންފަރެންސްހޯލު (އާދަމް ޙުސައިން މާލަމް) ގައި ކުރަން ހުރި މަސައްކަތްތައް ކޮށްދިނުމަށް ސައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ބީލަމަށް ރަޖިސްޓްރީކުރުން

  • މިމަސައްކަތަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން، 23 މާރިޗު 2022 ބުދަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާގެ އީމެއިލް[email protected]  މެދުވެރިކޮށް ރަޖިސްޓަރީ ކުރަންވާނެއެވެ.
  • ވިޔަފާރީގެ ރަޖިސްޓަރީ ކޮޕީއެއް ހުށައަޅަންވާނެއެވެ.
  • ބީލަމުގައި ބައިވެރިވުމަށް 150.00 (އެއްސަތޭކަ ފަންސާސް ރުފިޔާގެ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓަރީ ފީއެއް ދައްކަވަން ޖެހޭނެއެވެ. ފައިސާ ބަލައި ގަންނާނީ 21 މާރިޗު 2022 އިން 23 މާރިޗު 2022 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 14:00އަށް މިއިދާރާގެ ނަމްބަރ:  7721700484001 އެކައުންޓަށް. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓަރީ ވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، އަދި ގުޅޭނެ ނަމްބަރާއި އީ- މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ މަތީގައިވާ އީމެއިލް އެޑްރެހަށް ފޮނުވަންވާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

  • ބީލަންވެރިންނަށް މަޢުލުމާތު ދިނުން (ޕްރީ ބިޑް މިޓިންގ) އޮންނާނީ 24 މާރިޗު 2022 ބުރާސްފަތި ދުވަހުގެ 13:30ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. މިބައްދަލުވުމަށް ހާޒިރުވެވެން ނެތް ފަރާތްތަށް ބައްދަލުވުމުގައި ބައިވެރިވާނީ އޮންލައިންކޮށެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.
  • މި މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސްތައް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ.
  • ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 29 މާރިޗު 2021 ވާ އަނަގާރަ ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލްގެ [email protected]  އީމެއިލަށެވެ.

ބީލަން ހުށައެޅުން

 

  • ބީލަން ހުޅުވުން އޮންނާނީ 31 މާރިޗު 2022 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ. ބީލަން ހުށަހެޅުމަށް ހާޒިރުނުވެވޭ ފަރާތްތަކަށް އޮންލައިންކޮށް މީޓިން ކުރިއަށްދާވަގުތު ހުށަހެޅޭނެއެވެ.
  • އޮންލައިންކޮށް ބީލަން ހުށަހަޅާނަމަ، މެއިލްކުރާ ފައިލްތަށް ހުންނަވާނީ ޕީޑީއެފްކޮށް ލޮކް ކުރެވިފައެވެ. އަދި ޕާސްވޯޑް ފޯރުކޮށްދެއްވާނީ އޮންލައިން މީޓިންގައެވެ.
  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
  • މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

 

 

                       މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                           14 ޝަޢުބާން 1443

17 މާރިޗު 2022

17 މާރިޗު 2022