ނީލަން
ނަންބަރު: (IUL)321-A/321/2022/54
ޕަބްލިޝްކުރި ތާރީޚް: 16 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 18:48
ސުންގަޑި: 25 މާރިޗު 2022 16:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކިޔުން

(IUL)321-A/321/2022/54 :ނަންބަރު 

               އިޢުލާން

    ނީލަން ކިޔުން

              މި އިދާރާއާއި މިރަށު މިސްކިތްތަކުގައި ބޭނުންކޮށް ބައުވެގެން ނަގާފައިހުރި ބައެއް ތަކެއްޗާ އަދި މިރަށުގެ އިޖުތިމާޢީ ސަރަޙައްދުތަކުން ނެގިފައިހުރި ގަސްގަހުގެ ލަކުޑި 2022 މާރިޗު 25 ވާ ހުކުރުދުވަހުގެ ނީލަން ކިޔާގޮތަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ގަސްގަހުގެ ލަކުޑި ނީލަންކިޔުމަށް ހަމަޖެހިފައިވަނީ 2022 މާރިޗު 25 ވާ ހުކުރުދުވަހުގެ ހަވީރު 04:15 ގައި ތުޅާދޫ ސައިޓްއޮފީސް ހުރި ބިމުގައެވެ. އަދި މި އިދާރާއާއި މިރަށު މިސްކިތްތަކުގައި ބޭނުންކޮށް ބައުވެގެން ނަގާފައިހުރި ތަކެތި ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ 2022 މާރިޗު 25 ވާ ހުކުރުދުވަހުގެ ހަވީރު 04:35 ގައި ތުޅާދޫ ކައުންސިލްގެ އިދާރާގެ ދެކުނުފަރާތު ގޯތި ތެރޭގައެވެ.

ވީމާ، މިނީލަމުގައި ބައިވެރިވެލެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2022 މާރިޗު 25 ވާ ހުކުރު ދުވަހު، ދެންނެވިފައިވާ ގަޑިއަށް ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަނަށް ވަޑައިގެން ދެއްވުން އެދި ދަޢުވަތު އަރުވަމެވެ. މި އިޢުލާނާއެކު ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓްގައާއި މިއިދާރާގެ ނޯޓިސް ބޯޑުގައި އާއްމު ކުރެވިފައި ވާނެއެވެ.

ނީލަން ކިޔުމުގެ އުޞޫލު:

  1. ނީލަން ކިޔާ ތަކެތި ބައިބަޔަށް (ލޮޓު) ބެހުމަށްފަހު، ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދެވިފައި ވާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް، ނީލަން ނަންބަރު ފެންނާނެހެން، ކޮންމެ ލޮޓެއްގައި ބެހެއްޓިފައި ހުންނާނެއެވެ.
  2. ނީލަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މަދުވެގެން 3 ބައިވެރިންގެ ޙާޟިރުގައެވެ.
  3. ނީލަމުގައި ހުށަހަޅާ އަގުތައް، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ހިނދުން ހިނދަށް އެންގޭނެއެވެ. ނީލަމުގެ ބައިވެރިޔަކު އަގެއް ހުށަހަޅައި، އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުޞަތު 3 ފަހަރު ދިނުމުންވެސް، އިތުރު އަގެއް ނީލަމުގައި ބައިވެރިވެފައިވާ އެހެން ފަރާތަކުން ހުށަހަޅާފައި ނުވާނަމަ، އެ އަގު ހުށަހެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރީކަމުގައި ނިންމޭނެއެވެ.
  4. ނީލަން ކާމިޔާބުކުރި ފަރާތުން، ނީލަން ކާމިޔާބުކުރި އަގު، ނީލަން ނިމޭ ދުވަހުން ފެށިގެން، ސަރުކާރު ބަންދުނޫން 3 ދުވަހުގެ ތެރޭގައި މިއިދާރާއަށް ދައްކާ ޚަލާޞް ކުރަންވާނެއެވެ. ނީލަން ކާމިޔާބުކުރި ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ، ނީލަމުގެ އަގު ދައްކައި ޚަލާޞްކުރުމުންނެވެ. ނީލަން ކާމިޔާބުކުރި ފަރާތުން އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞް ނުކޮށްފިނަމަ، އެ މުދަލެއް އަލުން ނީލަންކިޔުމަށް އިޢުލާނު ކުރެވޭނެއެވެ. އަދި ނީލަމުން ގެންދެވި ތަކެތި 05 ދުވަސް ތެރޭގައި ގެންގޮސް ނިންމަން ވާނެއެވެ.

                           13 ޝަޢުބާން  1443

16 މާރިޗު 2022