ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-LID/468/2022/58
ޕަބްލިޝްކުރި ތާރީޚް: 15 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 14:38
ސުންގަޑި: 20 މާރިޗު 2022 14:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތް ހޯދުން

    ފުވައްމުލަކު އުލާޕްރީސްކޫލާއި، ލޯޔަލް ގޯއްޗާއި ދެމެދުން އޮތް މަގުގައި 1 ން 14 އަށް ނަމްބަރު ޖަހާފައިވާ  ދިވެހި ރުއްތަކާއި، 15 އިން 21 އަށް ނަމްބަރު ޖަހާފައިވާ ކަށިކެޔޮ ގަސްތަކުގެ ވެރިފަރާތެއް ވާނަމަ 2022 މާރިޗް 20 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ  ކުރިން މިރުއްގަސްތަކަކީ ރަޖިސްޓްރީ ކުރެވިފައި، ނުވަތަ ކަމާއިބެހޭ ފަރާތުގެ ހުއްދައާއި އެކު އިންދާފައިވާ ރުއްގަސް ތަކެއްކަން އެނގޭނެ ލިޔުމާއިއެކު މި ކައުންސިލްގެ ލޭންޑް ސެކްޝަނަށް، ނަމްބަރު އެނގޭނެ ގޮތަށް ލިޔުމަކުން ހުށަހެޅުއްވުން އެދެމެވެ.

    މި މުއްދަތުގައި މި ރުއްގަސްތަކާއިބެހޭގޮތުން އެއްވެސް ފަރާތަކުން މިކައުންސިލަށް ހުށަހަޅާފައި ނުވާނަމަ، ބަންޑާރަ ތަކެތީގެ ގޮތުގައި ބެލުމަށްފަހު، އެތަކެތި ނައްތާލާނެ ވާހަކަވެސް އަންގަމެވެ.

15 މާރިޗު 2022