ދިވެހިރާއްޖެ
`
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
މާލެ، ދިވެހިރާއްޖެ
ނަންބަރު:IUL10-F/10/2022/52
އިޢުލާން
މިނިސްޓްރީގެ "ބީ" ވިންގުން ކަނޑައަޅާފައިވާ ސަރަހައްދާއި، މިނިސްޓްރީގެ ރިސެޕްޝަން ސަރަހައްދު އަދި މިނިސްޓްރީގެ މައި ކޮންފަރެންސް ރޫމް މިނިސްޓްރީ އިން ދޭ މަޢުލޫމާތާއި އެއްގޮތަށް ފްލޯ ޕްލޭން ކުރަހައިދީ، އެތަންތަން ޑިޒައިންކޮށް، ޑީޓެއިލް ޑްރޮވިންގސް އަދި ބީއޯކިއު ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި ބީލަމުގައި ބައިވެރިވެލައްވަން ޝައުޤުވެރިވާ ފަރާތްތަކުން، 2022 މާރިޗް 21 ވާ ހޯމަ ދުވަހުގެ 13:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 2022 މާރިޗް 24 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ ވެލާނާގެ 10 ވަނަ ފަންގިފިލާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.