ވަޒީފާގެ ފުރުޞަތު
ނަންބަރު: B-17/SM-HR/2022/01
ޕަބްލިޝްކުރި ތާރީޚް: 16 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 14:21
ސުންގަޑި: 23 މާރިޗު 2022 13:30
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އެޓެންޑެންޓް

މަކުނުދޫ ޞިއްޙީ މަރުކަޒު

ހދ. މަކުނުދޫ    

 ދިވެހިރާއްޖެ

ނަންބަރު:B-17/SM-HR/2022/01

ވަޒީފާގެ ފުރުޞަތު

 

 

 

 

އިޢުލާން

ވަޒީފާގެ ފުރުޞަތު:          .

މިމަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މިވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަގާމު:

އެޓެންޑެންޓް

މަޤާމްގެ ނަންބަރު:

J-290090

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯރޓް ސްޓާފް ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

މަކުނުދޫ ޞިއްހީ މަރުކަޒު ، ހދ. މަކުނުދޫ

މުސާރަ:

މަހަކު -/3470ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިން ކޯ އެލަވަންސް މަހަކު -/1200 ރުފިޔާ
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ރިސްކް އެލަވަންސް އާއި އެހެނިހެން އިނާޔަތްތައް.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބްތައް:

  1. ބަލިމީހުން އެއްތަނުން އަނެއްތަނަށް އުފުއްލުމާއި އަދި ބަލިމީހުން އެކްސްރޭ އީ.ސީ.ޖީ ،ސާމްޕަލް އަދި ޕްރޮސިޖަރ ރޫމް ފަދަ ތަންތަނަށް ގެންދިއުން.
  2. ބަލިމީހުންނަށް ޚިދުމަތް ދިނުމުގައި ނަރުހުން ދޭ އިރުޝާދާ އެއްގޮތަށް އެހީތެރިވެދިނުން.
  3. ބަލިމީހުން ބޭނުންކޮށްފައިވާ ތަކެތި ތަނުގައި ހެދިފައިވާ ގައިޑްލައިންއާއ އެއްގޮތަށް ގެންގުޅުމާއި، ބަލިމީހުން ބޭނުންކޮށްފައިވާ ޖަރާސީމް އެކުލެވޭ ތަކެއްޗާއި އެހެނިހެން ކުނިވަކިކޮށް ރައްކާތެރިކަމާއެކު ނައްތައިލުމަށް ގެންދިއުން.
  4. ޞިއްޙީ މަރުކަޒުގެ އެތެރޭގައިވާ އެންމެހައި ތަންތަން ކޮންމެ ޑިޔުޓީއަކު މަދުވެގެން ދެފަހަރު ކުނިކަހާ މޮޕްކޮށް ސާފްކޮށް ބެލެހެއްޓުމާއި، ބަލިމީހުން ބޭނުންކުރާ ހަޑިވާޒާތުގެ ތަކެތި އަދި އެހެނިހެން ވޭސްޓް ޤަވާޢިދުން އޮންނަ އުޞޫލުގެ ދަށުން ނައްތާލުން.
  5. ޞިއްޙީ މަރުކަޒުގައި ހުންނަ ފަރުނީޗަރ، މެޝިނަރީސް ފަދަ ތަކެތި ހަޑިވިޔަ ނުދީ ކޮންމެ ދުވަހަކު ފޮޅާ ސާފްކޮށް ބެލެހެއްޓުން
  6. ބަލިމީހުންނަށް ބޭނުންކުރާ ބެޑްޕެއިން ، ޔުރިނަލް ، ކިޑްނީޓްރޭ ، ކަތުރު ފޯސެޕްސް ފަދަތަކެތި ކޮންމެ ޑިއުޓީއެއްގައި މަދުވެގެން އެއްފަހަރު ދޮވެސާފް ކުރުން
  7. ބަލިމީހުންނަށް ބޭނުންކުރާ ބެޑްޝީޓް ، ބާލީހުއުރަ ، ގައުން ، ތުވާލި ފަދަ ތަކެތި ހަޑިވުމުން ދޮވުމަށްޓަކައި ލޯންޑްރީއަށް ގެންދިއުން
  8. ބޭސްއަޅާ ކޮޓަރީގައި އިންޖެކްޝަން ޖަހާ ކޮޓަރީގައި ބޭނުންކުރެވޭ ސްޓެރިލައިޒަރ ، ސާރޖިކަލް ޓްރޭ ، ކިޑްނީ ޓްރޭ ، ކަތުރު ، ފޯސެޕްސް ފަދަތަކެތި ދޮވެ ސާފްކުރުން.
  9. ލޭބަރ ރޫމް ވޯޑް އިމަޖެންސީ ރޫމް ލެބޯޓްރީ އަދި ބަލިމީހުންބަލާ ކޮޓަރީގައި ބޭނުންކުރެވޭ ހުރިހައި މަޢުދަނެއްގެ ތަކެތި ކޮންމެ ޝިފްޓް ޑިއުޓީއެއްގައި މަދުވެގެން އެއްފަހަރު ސާފްކުރުން، ލޭބަރ ރޫމާއި ވޯޑް، ބަލިމީހުންބަލާކޮޓަރިއާއި، އޮފީސްފާޚާނާ ކޮންމެ ޑިއުޓީއެއްގައިވެސް ހަޑިވިޔަނުދީ ސާފްކޮށްބެލެހެއްޓުން
  10. ހެނދުނާއި ރޭގަނޑު ޑޮކްޓަރުން ރައުންޑަށް އައުމުގެ ކުރިން ބަލިމީހުންގެ ކަބަޑުތަކާއި އެނދުތައް ސާފްކޮށް ރީތިކުރުން، ޑްރެސިންގ ރޫމާއި ވޯޑުގައި ހުންނަ ޓްރޮލީތައް ފުހެ ސާފްކުރުން.
  11. ކްލިނިކަލް އޭރިއާތަކާއި، ބަލިމީހުން މަޑުކުރާ ސަރަހައްދު ކުނިހަހާ ސާފްކޮށް ބެލެހެއްޓުން.، ކޮންމެ ދުވަހަކު ހެނދުނު ހުރިހާ ބަލިމީހުންގެ އެނދުތަކުގެ ބެޑްޝީޓް ރަބަރު ބާލީހުއުރަ ބަދަލުކުރުން
  12. ނަމާދު ކުރުމަށް ޚާއްޞަކޮށްފައިވާ ރޫމް ކޮންމެ ޑިއުޓީއެއްގައި ކުނިކަހާ ސާފްކޮށް މޮޕްކޮށް ބެލެހެއްޓުމާ ފާޚާނާ އާއި ވުޟޫކުރުމަށް ޚާއްސަކޮށްފައިވާ ތަންސާފްކޮށް ބެލެހެއްޓުން.
  13. ޞިއްހީ މަރުކަޒުގައި ހިންގާ ހަރަކާތްތަކުގައި އޮފީހުން އަންގާ ގޮތެއްގެ މަތީން ޢަމަލީގޮތުން ބައިވެރިވުން.،ޞިއްޙީމަރުކަޒާއި އޮފީހުގައި ކުރަންދިމާވާ ކަންތައްތަކުގައި ބައިވެރިވެ އެހީތެރިވުން
  14. ނަރުހުން ނުވަތަ މަރުކަޒުން ބާއްވާ އެކިއެކި ކަންކަމުގައާއި ދިމާވާ ކުއްލި ހާލަތްތަކުގައި ނުވަތަ ކާރިޘާ / ޕެންޑަމިކް ތަކުގައި ހާޟިރުވެ އެހީތެރިވުން.
  15. މަރުކަޒަށް ޒިޔާރާތްކުރާ އެންމެހައި ޓީމްތަކަށް މެހެމާންދާރީ އަދާކުރުމަށް ކުރަންޖެހޭކަންކަން ކުރުމާއި އެފަދަ ޓީމްތަކަށް އެހީތެރިވެދިނުން.
  16. ފާހަގަ ކުރެވޭ ދުވަސްތަކާއި މުނާޞަބަތުތައް ފާހަގަ ކުރުމުގައި އޮފީހުން އަންގާ ގޮތެއްގެ މަތިން މަސައްކަތް ކުރުން.
  17. މަރުކަޒުގެ މެނޭޖްމެންޓުން ހަމަޖައްސައި އަންގާ ގޮތުގެ މަތީން އިމާރާތުގެ ފަރުނީޗަރާއި، ފަންކާތަކާއި ދޮރުތަކާއި ސީލިންގްފޮހެ ސާފުކުރުރުން.
  18. ހެދިފައިވާ އުޞޫލާއި އެއްގޮތަށް މަރުކަޒުގެ ދިދަ ގަވައިދުން ނެގުމާއި ތިރިކުރުން.

 

މަޤާމުގެ ޝަރުތުތައް:

  1. ލިޔަން ކިޔަން އެގުން،

ނުވަތަ

  1. މަގާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސް/ ހުއްދައެއް ހާސިލްކޮށްފައިވުން

ނޯޓް:

ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ:

ސްކްރީނިންގ މަރުހަލާގައި ލިޔަންކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަކުން ބަލައިގެންނެވެ. ނުވަތަ

ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ

ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް :

  • ފޮޅާ ސާފުކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (http://www.csc.gov.mv/download/2486) އަދި މަކުނުދޫ ޞިއްޙީ މަރުކަޒުގެ އޮފީހުން ރަސްމީ ބަންދުދުވަސް ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 2:00 އާއި ދެމެދު ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

   (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް  ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ތަޢުލީމާއި ތަމްރީން ( ލިބިފައިވާ ތަޢުލީމު، މަޤާމުގެ މަސައްކަތުގެ ދާއިރާއާއި، ގުޅޭ ކުރުމުއްދަތުގެ ތަމްރީން )
  2. "އިމްތިޙާން" ސިވިލް ސާރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން
  3. މަސައްކަތުގެ ތަޖްރިބާ  ( މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖްރިބާ )
  4. ލިބިފައިވާ ހުނަރު ( ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު / ޕްރެކްޓިކަލް / ޕްރެޒެންޓޭޝަން)

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 މާރޗް 2022 ވާ ބުދަ ދުވަހުގެ ގެ 13:30ގެ ކުރިން، މަކުނުދޫ ޞިއްޙީ މަރުކަޒުގެއިދާރީ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް:  އީ-މެއިލްއިން ވަޒީފާއަށްއެދޭ ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފް ކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ. ފޮނުވާ އީ-މެއިލްތައް މި މަރުކަޒަށް ލިބުމުން ( އީ-މެއިލް ފޮނުވި މެއިލްއަށް މި މަރުކަޒުން މެއިލް ލިބުނު ކަމުގެ މެއިލްއެއް ލިބޭނެއެވެ.)

ޝޯޓް ލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތި ލައިފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓްލިބޭ 10 ފަރާތެއް ޝޯރޓްލިސްޓް ކުރެވޭއެވެ.

އިންޓަރވިއުއާއި އިމްތިހާނާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި އިމްތިހާން އޮންނާނީ، 28 މާރޗް 2022 ން 31 މާރޗް 2022އާ ދެމެދު  ހދ. މަކުނުދޫ ޞިއްޙީ މަރުކަޒުގައެވެ.

" ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2) ފޯމު" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2) ފޯމު" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސްބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާ އެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފްކުމަށް ގުޅާނީ  ރަސްމީ މަސައްކަތު ދުވަސްތަކުގައި ހެނދުނު 08:00 ން މެންދުރު ފަހު 14:00 ށް މިމަރުކަޒުގެ ނަންބަރު 6520094 އެވެ. އީ-މެއިލް ކުރާނީ  [email protected]

 

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުންހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް އަދި އެ އުސޫލުތަކާއި ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ("   (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

                   

                    13 ޝަޢުބާން 1442

16                     މާރޗް 2022   

 

16 މާރިޗު 2022