ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)234-A/234/2022/10
ޕަބްލިޝްކުރި ތާރީޚް: 13 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 11:37
އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގައި ބޭނުންކުރަމުންދިޔަ ލާންޗު އަނދައިގެން ދިޔައިރު ހަލްގަނޑުގެ ނާނދާ އޮތްބައި ނީލަންކިޔުމާއިބެހޭ

އިޢުލާން

ނީލަންކިޔުމާއިބެހޭ

            މި އިދާރާގައި ބޭނުން ކުރަމުންދިޔަ ލާންޗު (ޓްވަރިން36) އަނދައިގެން ދިޔައިރު ހަލްގަނޑުގެ ނާނދާ އޮތްބައި ސިޓީލާ ނީލަމުގައި ވިއްކާލުމަށްވަނީ ހަމަޖެހިފައެވެ. ނީލަން ފެށޭ އަގަކީ -/30,000ރ. (ތިރީސް ހާސް ރުފިޔާ) އެވެ. ހުށަހަޅާ އަގަށް މަދުވެގެން އިތުރު ކުރެވޭނެ އެންމެ ކުޑައަގަކީ -/5،000ރ. (ފަސްހާސް ރުފިޔާ) އެވެ. ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ކޮންމެ ދުވަހެއްގެ 12:30 ގެ ކުރިން ، ލާންޗުގެ ހަލްގަނޑު ގަތުމަށް ބޭނުންވާ އަގުހުށަހަޅާނީ NL.04 ފޯމް ފުރިހަމަކޮށް ބަންދު ކޮށްފައިވާ ސިޓީއުރައެއްގައި މި އިދާރާގެ ކައުންޓަރަށް ނުވަތަ، މި އިދާރާގެ [email protected] މެއިލްއެޑްރެހަށް މެއިލްކޮށްގެންނެވެ. އަގުހުށަހަޅާ ފޯމް،މިއިދާރާގެ ކައުންޓަރުންނާއި ފޭސްބުކް ޕޭޖުން ލިބެންހުންނާނެއެވެ.

            ކޮންމެ ދުވަހަކު 12:30 އާއި ހަމައަށް ހުށަހަޅާ އެންމެ މަތީ އަގު އެ ދުވަހެއްގެ 14:00 ގައި މި އިދާރާގެ ނޯޓިސްބޯޑާއި ފޭސްބުކްޕޭޖްގައި ޢާންމު ކުރެވޭނެއެވެ. ނީލަމަށް ހުށަހަޅާ އަގު ޖެހިޖެހިގެން ރަސްމީ 3 ދުވަހު އެއްއަގެއްގައި އޮވެއްޖެނަމަ އެ އަގަކަށް ނީލަން ނިންމާލެވޭނެއެވެ.

            ހަލްގަނޑުގެ އިތުރު މަޢުލޫމާތު ހޯދުމަށް މި ކައުންސިލްގެ ނަންބަރު: 6680507 އަށް ގުޅުންއެދެމެވެ.ނީލަމުން

ހަލްގަނޑު ލިބޭ ފަރާތުން މި އިދާރާއަށް ފައިސާ ދެއްކުމުން ހަލްގަނޑު އެފަރާތަކާއި ޙަވާލުކުރެވޭނެއެވެ. ނީލަން ނިމޭ ދުވަހުން ފެށިގެން ރަސްމީ 7 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ ނީލަން ބާޠިލްކުރެވޭނެއެވެ.

ހަލްގަނޑުގެ މަޢުލޫމާތު

  • ބާވަތް:              ވައްލަ ލާންޗުގެ (ޓްވަރިން36) ގެ ހަލްގަނޑުގެނާނދާއޮތްބައި
  • ރަޖިސްޓަރީ ނަންބަރު:     G8512A
  • ގަލްފް ކްރާފްޓް         10.970 meter

            ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ. 

13 މާރިޗު 2022