ކުއްޔަށް ދިނުން
ނަންބަރު: (IUL)312-MS/312/2022/19
ޕަބްލިޝްކުރި ތާރީޚް: 16 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 10:46
ސުންގަޑި: 23 މާރިޗު 2022 11:00
މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެޔޮ ވިއްކުމަށް މިރަށު ބަނދަރުން ބިންދޫކުރުން

އިޢުލާން

  

ތެޔޮ ވިއްކުމަށް މިރަށު ބަނދަރުން ބިންދޫކުރުން

 

                 މިރަށު ބަނދަރު ސަރަހައްދުން ތެޔޮ ވިއްކުމަށް 30 އަހަރުދުވަހުގެ މުއްދަތަށް 01 ބިން ކުއްޔަށް ދިނުމަށް ކިނޮޅަހު ކައުންސިލުން ވަނީ ނިންމާފައެވެ.

                 ވީމާ، މި ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 މާރިޗް 2022 ވާ ބުދަ ދުވަހުގެ މެންދުރު 11:00 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

ބިމުގެ މަޢުލޫމާތު:-

#

ބިން އޮތް ސަރަހައްދު

ބިމުގެ ބާވަތް

ބިމުގެ ބޮޑުމިން

ދޫކުރެވޭ އެންމެ ކުޑަކުލި

1

ރ.ކިނޮޅަހު ބަނދަރުގެ އިރުގައި

ތެޔޮވިއްކާ

1386 އަކަފޫޓު

އަކަފޫޓަކަށް މަހަކު 1 ރުފިޔާ

 

ވިޔަފާރީގެ ތައާރަފެއް

ބިން ކުއްޔަށް ހިފަންބޭނުންވާ ވިޔަފާރީގެ ތައާރަފެއް ޕްރޮޕޯސަލް ހިމެނުމަށް

ބިން ތަރައްޤީކުރުން

ބިން ލިބިއްޖެނަމަ އެ ބިން ތަރައްޤީކުރާނެ ގޮތާއި ވިޔަފާރި ފަށާނެ ތާރީޚެއް އަންދާޒާކޮށް ޕްރޮޕޯޒަލްގައި ހިމަނަންވާނެއެވެ.

ބިން ކުއްޔަށް ހިފާ ފަރާތަކުން އިޖުތިމާޢީ ގޮތުން ކޮށްދޭނެ ކަންތައް:-

ބިން ކުއްޔަށް ހިފާ ފަރާތަކުން ރަށުގެ އިޖުތިމާޢީ ކަމެއްގެ ގޮތުގައި ކައުންސިލްގެ ޕްރީ ސަކޫލު ,  ޤްރުއާން ކުލާސް އަދި ވޭސްޓް މެނޭޖްމެންޓް ސެންޓަރ އަށް ކަމެއް ކޮށްދިނުމަށް ހިމެނުމަށް.

ބިން ކުއްޔަށް ހިފުމަށް ހުށަހަޅާ ކުލި:-

ބިން ކުއްޔަށް ހިފާ ފަރާތަކުން ހުށަހަޅާ އެންމެ ބޮޑު ކުލި ޕްރޮޕޯޒަލްގައި ހިމަނަންވާނެއެވެ.

ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

ބިން ކުއްޔަށް ހިފުމަށް އެދި ތައްޔާރުކޮށްފައިވާ ޕްރޮޕޯޒަލް

ވިޔަފާރި ރަޖިސްޓްރީ ކޮޕީ

 

މާކްސް ދެވޭގޮތުގެ ތަފުސީލު:

 

މާކްސް ދެވޭނެ ކްރައިޓީރިއާ

މާކްސް ދެވޭގޮތް

ތަފުސީލު

ހުށަހަޅާ މަހުކުއްޔަށް

80%

  • ހުށަހަޅާ މަހު ކުއްޔަށް ދެވޭ މާކްސް  
  • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ބޮޑު މަހުކުއްޔަކީ ބެންޗްމާކުސް ކަމުގައި ބަލައިގެން ކަނޑައެޅިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކުސް ލިބޭނީ އެންމެ ބޮޑު އަގަށެވެ.

ބިން ތަރައްޤީކޮށް ހުށަހަޅާ ގޮތައް   

10%

  • ބިން ތަރައްޤީކުރުމަށް ހުށަހަޅާގޮތަށް ދެވޭ މާކުސް
  • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ބިން ތަރައްޤީކޮށް ވިޔަފާރި ފެށުމަށް ހުށަހަޅާ އެންމެ ފުރިހަމަ ޕްރޮޕޯޒަލް އަކީ ބެންޗްމާކުސް ކަމުގައި ބަލައިގެން ކަނޑައެޅިފައިވާ % ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކުސް ލިބޭނީ އެންމެ ރަނގަޅު ފެންވަރެއްގައި ތަރައްގީ ކުރުމަށް ހުށަހަޅާ ފަރާތަކަށްށެވެ.

އިޖުތިމާޢީ ކަންކަމަށްކުރާ ޚަރަދަށް

10%

  • އިޖުތިމާޢީ ކަންކަމަށް ކުރާ ހޭދައަށް ދެވޭ މާކުސް    
  • މިމާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން އިޖުތިމާޢީ ކަންކަމަށް ހުށަހަޅާފައިވާ އެންމެ ބޮޑު އަދަދަކީ ބެންޗްމާކުސް ކަމަށް ބަލައިގެން ކަނޑައެޅިފައިވާ % އަށް ހުށަހެޅުނު ޢިނާޔަތްތަކުގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކުސް ލިބޭނީ އެންމެބޮޑު އަދަދެއް ހުށަހަޅާފައިވާ ފަރާތަށެވެ. 

 

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އަޢުލާން ކުރީމެވެ.

 

މި ކަމަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިގަތުން އޮންނާނީ 23 މާރިޗް 2022ދުވަހުގެ މެންދުރު ކުރި 11:00ގައި ޕްރޮޕޯސަލްތައް ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. ޕްރޮޕޯސަލް ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ.އަދި ސިޓީ އުރާގެ ބޭރުގައި ހުށައަޅާ ފަރާތުގެ މައުލޫމާތު އަދި އިއުލާން ނަމްބަރ ލިޔެފައި އޮންނަންވާނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

                     

16 މާރިޗު 2022