ނީލަން
ނަންބަރު: (IUL)283-PS/283/2014/84
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 08:32
ސުންގަޑި: 04 ސެޕްޓެންބަރު 2014 09:00
މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދެ އިންޖީނު ސިޓީލައި ނީލަމުގައި ވިއްކާލަން

މިއިދާރާއިން ކުރި ނަންބަރު IUL)283-PS/283/2014/65)ފ(10 އޮގަސްޓު 2014) އިޢުލާނަށް އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، ދެ އިންޖީނު ސިޓީލައި ނީލަމުގައި ވިއްކާލަން ގަސްދުކުރަމެވެ.

  1. 200 ކިލޯވޮޓް "ޑޮއިޓްޒް" ޖަނަރޭޓަރ (ނީލަން ފެށޭ އަގު 550,000.00ރ) ފަހަރަކު އިތުރު ކުރެވޭނީ 20,000 ރުފިޔާ.
  2. 169 ކިލޯވޮޓް "ޑޮއިޓްޒް"  ޖަނަރޭޓަރ (ނީލަން ފެށޭ އަގު 250,000.00ރ) ފަހަރަކު އިތުރު ކުރެވޭނީ 5,000 ރުފިޔާ.

ކޮންމެ ދުވަހަކުވެސް ހުށަހެޅޭ އެންމެ މަތީ އަގު އެދުވަހެއްގެ 14:00ގެ ފަހުން މިއިދާރާގެ ނޯޓިސްބޯޑުން ފެންނަން ހުންނާނެއެވެ. ރަސްމީބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން 7 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިމޭނެއެވެ. ނަމަވެސް ކުރިމަތިލުމަށް ހުޅުވާލެވޭ މުއްދަތުގައި އެއްވެސް ފަރާތަކުން އަގު ހުށަހަޅުއްވާފައިނުވާނަމަ، އަގު ހުށަހަޅަން ހުޅުވާލެވޭ ތާރީޚުން ފެށިގެން ބަންދުނޫން 14 ދުވަހު މިއިޢުލާނަށް އަގު ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ. ލިޔުން ހުށަހަޅާއިރު ކޮން ޖަނަރޭޓަރެއް ގަތުމަށް ހުށަހަޅާ ލިޔުމެއް ކަން އެނގެން އޮންނަންވާނެއެވެ.

ވީމާ، މިކަމަށް ކުރިމަތިލައްވާ ފަރާތްތަކުން 04 ސެޕްޓެންބަރު 2014 ވާ ބުރާސްފަތިދުވަހުގެ 9:00 ން ފެށިގެން އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާނީ އެކަމަށް މިއިދާރާއަށް ހުށަހަޅާ ލިޔުމަކުންނެވެ. އަގު ހުށަހަޅާ ލިޔުން ރަސްމީދުވަހުގެ މެންދުރުފަހުގެ 13:00ގެ ކުރިން މިއިދާރާގެ ކައުންޓަރަށް ނުވަތަ ފެކްސް އަދި އީމެއިލްގެ ޒަރީޢާއިންވެސް ހުށަހެޅިދާނެއެވެ. ފެކްސް ނަންބަރަކީ 6540053 އަދި އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި އަދި އިންޖީނު ބެއްލެވުމަށް ގުޅުއްވާނީ މިއިދާރާގެ 6540052 މިނަންބަރު ފޯނާއި ނުވަތަ 7512475 މޯބަލް ނަންބަރާއެވެ.

02 ޛުލްޤަޢިދާ 1435     

28 އޮގަސްޓް 2014