ދިވެހިރާއްޖެ
ކައުންސިލްގެ އިންޑޯރ ޖިމަށް ބޭނުންވާ އިންސްޓްރަކްޓަރެއް (އަންހެން) ތަމްރީނުކުރުން
ދުޅަހެޔޮ މުޖުތަމައެއްގެ ވެރި ބަޔަކަށް ޒުވާނުންނާއި ރައްޔިތުން ހެދުމަށްޓަކައި ރަށުގައި ކައުންސިލްގެފަރާތުން ޤާއިމުކުރާ އިންޑޯ ޖިމް ހިންގުމަށް ބޭނުންވާ ދެޖިންސުގެ އިންސްޓްރަކްޓަރުން ތަމްރީނު ކުރަން ބޭނުންވެގެން 06 ފެބްރުއަރީ 2022 ވަނަ ދުވަހު ކުރެވުނު އިޢުލާން 44(IUL)335-AS/335/2022/ އަށް އެއްވެސް އަންހެން ފަރާތަކުންކުރިމަތިލާފައި ނުވާތީވެ، އަންހެން އިންސްޓްރަކްޓަރެއް ހޯދުމަށް އިޢުލާން ކުރަމެވެ. މިގޮތުން ބޭނުންވަނީ، ގިނަވަޤުތު ޚިދުމަތް ދެވޭނެ ފަދަ ދުޅަހެޔޮ ޞިއްހަތެއްގައި ހުރި 1 އަންހެން އިންސްޓްރަކްޓަރ އެވެ. އަދި ތަމްރީނު ވުމަށް ދާންޖެހެނީ މާލެއަށް ކަމަށްވާތީ މާލެ ދިއުމާއި އަދި އެބުރިއައުމުގެ ދަތުރު ޚަރަދު އަދި ކެއުމަށް ކަނޑައެޅޭ އުޞޫލުން ފައިސާ ދެވޭނެއެވެ. ތަމްރީނު ވުމަށް ކަނޑައެޅޭ މުއްދަތުގައި ތަމްރީނު ފުރިހަމަކުރުމާއެކު މަދުވެގެން 1 އަހަރު ކައުންސިލަށް ޚިދުމަތް ކޮށްދެއްވަންޖެހޭނެއެވެ. މިގޮތުން ޚިދުމަތް ކުރާއިރު ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިން އެލަވަންސް ހަމަޖައްސައި ދެވޭނެއެވެ.
ވީމާ މިކަމަށް ޝަވްޤުވެރިކަން ހުންނަ ފަޜާތްތަކުން 23 މާރިޗު 2022 ވަނަ ދުވަހުގެ 14:00ގެ ކުރިން މިއިދާރާއަށް ވަނަވަރު ބަޔާންކޮށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. އިންސްޓްރަކްޓަރުން ތަމްރީނުކުރަން ނަން ހުށަހެޅުމުގެ ފުރުސަތު ކުންފުނިތައް، އަދި ކުލަބް ޖަމުޢިއްޔާ ޖަމާޢަތްތަކަށްވެސް ހުޅުވާލެވިފައިވާތީ މިމުއްދަތަށް ހުށަހެޅުއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.