މަސައްކަތް
ނަންބަރު: (IUL)335-AS/335/2022/44
ޕަބްލިޝްކުރި ތާރީޚް: 15 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 21:58
ސުންގަޑި: 27 މާރިޗު 2022 13:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ނަފާ ދޯންޏާއި ޕިކަޕަށް ޑީސަލް ސަޕްލައިކޮށްދިނުމާއި ގުޅޭ

ކައުންސިލްގެ ނަފާ ދޯންޔާއި ޕިކަޕަށް ޑީސަލަށް ސަޕްލައިކޮށްދިނުމާއި ގުޅޭ

             މި އިދާރާއިން ކުރެވުނު ނަންބަރު(IUL)335/335/2022/31   10 ފެބުރުއަރީ 2022 އިޢުލާނާއި ގުޅިގެން އެއްވެސްފަރާތަކުން ބިޑްހުށަހަޅާފައިނުވާތީ އެ އިޢުލާން ބާތިލް ކޮށް އަލުން އެމަސައްކަތަށް ފުރުސަތު ހުޅުވާލަމެވެ.

  • މި ބިޑްގައި ބައިވެރިވާން އެދޭފަރާތްތަކުން 27 މާރިޗު 2022 ވާ އާދިއްތަ ދުވަހުގެ 13:00 ކުރިން މި ކައުންސިލަށް ދުރުވެ ނުވަތަ މި އިޢުލާނާއި އެކު ހިމެނިފައިވާ ގޫގަލް ފޯމް ލިންކުން ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

    މި މަސައްކަތުގައި ބައިވެރިވެވޭނީ ހަމައެކަނި ބިޑްހުށަހެޅުމަށް ރަޖިސްޓްރީކުރި ފަރާތްތަކުންނެވެ.

    ރަޖިސްޓްރީ ލިންކް: https://forms.gle/v4Arx3AhemkH61u88

  •  މި މަސައްކަތް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 މާރިޗު 2022 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

     އަންދާސީ ހިސާބާއި ގުޅޭ އިތުރު މައުލޫމާތު މ ކައުންސިލްގެ އީމެއިލް [email protected] ނާއި ގެޒެޓުގައި މި އިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާކަންވެސް މި ފުރުޞަތުގައި ދަންނަވަމެވެ. މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

           މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ. 

15 މާރިޗު 2022