މަސައްކަތް
ނަންބަރު: Q4C-A/2022/6
ޕަބްލިޝްކުރި ތާރީޚް: 15 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 18:59
ސުންގަޑި: 27 މާރިޗު 2022 13:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ގދ، ގައްދޫ މެޖިސްޓްރޭޓް ކޯޓްގައި ޕޯޓިކޯއެއް ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެ

މި އިޢުލާންވަނީ 21 މާރިޗު 2022 15:57 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

ގދ، ގައްދޫ މެޖިސްޓްރޭޓް ކޯޓްގައި ޕޯޓިކޯއެއް ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެ

 

ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓުގައި ކޯޓުން އަންގާ ގޮތެއްގެމަތިން ޕޯޓިކޯއެއް އަމިއްލަ ތަކެތީގައި ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 މާރޗް 2022 ވާ ބުދަ ދުވަހު 13:00 އަށް ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 27 މާރޗް 2022 ވާ އާދީއްތަ ދުވަހު 13:00 އަށް އ ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި، ގަޑިޖެހިގެން އަންނަ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނޭ ވާހަކަވެސް ދަންނަވަމެވެ.

މައުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ފޮނުއްވާ ފަރާތުގެ ސިޓީއާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ދުރުވާ ފަރާތުގެ އައި.ޑީ ކާޑު ކޮޕީ ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ގެންނަވަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ޓެލެފޯން ނަންބަރު 6840131 އަށް ގުޅުއްވުން އެދެމެވެ.

 

12 ޝަޢުބާން 1443

15 މާރޗް   2022

15 މާރިޗު 2022