ކުއްޔަށް ދިނުން
ނަންބަރު: 420/2014/35
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 08:31
ސުންގަޑި: 14 ސެޕްޓެންބަރު 2014 14:00
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަތަފަންދޫ ޖެޓީގެ އުތުރުކޮޅުން ތެޔޮވިއްކުމަށް ޚާއްޞަކުރެވިފައިވާ 2 ނަންބަރު ބިން ކުއްޔަށްދޫކުރުން

 ރަތަފަންދޫ ބަނދަރުގެ އުތުރުކޮޅުން ޖެޓީކައިރިން ތެޔޮވިއްކުމަށް ޚާއްޞަ ކުރެވިފައިވާ ބިންތަކުގެ ތެރެއިން 02 ނަންބަރު ބިން 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށްވަނީ ބޭނުންވެފައެވެ. ވީމާ، މިބިން ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން 14 ސެޕްޓެންބަރު 2014 ވަނަ ދުވަހުގެ މެންދުރުފަހުގެ 2:00 އަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު އަމިއްލަ ފަރާތެއްނަމަ އައިޑީކާޑުގެ ކޮޕީ، ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއި އެންމެފަހުން ފައިސާދެއްކި ރަސީދުގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ. މިބިން ކުއްޔަށްދިނުމުގައި މިހާރު ތެލުގެ ވިޔަފާރި ކުރަމުންގެންދާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. މިބިން ކުއްޔަށް ދޫކުރުމުގައި ރަށުގައި އިޖުތިމާޢީ ތަރައްޤީއަށް ކޮންމެވެސް އެއްކަމެއް ކުރަންޖެހޭނެކަމަށް ކައުންސިލުން ނިންމާފައިވާތީ، ހުށަހަޅާ ޕްރޮޕޯޒަލްގައި މިއިން ކޮންމެވެސް އެއްކަމެއް ހިމަނަންވާނެއެވެ. ޕްރޮޕޯޒަލް ތައްޔާރުކުރާއިރު ބިން ކުއްޔަށް ހިފާނެ އަގަކާއި، އިޖުތިމާޢީ ގޮތުން ކުރާނެކަމެއް ބަޔާންކުރެވިފައި އޮންނަންވާނެއެވެ. އިޖުތިމާޢީގޮތުން ކުރަންޖެހޭކަމަށް ކައުންސިލުން ނިންމާފައިވާ ތިރީގައި މިދަންނަވާ ކަންކަމުގެ ތެރެއިން ކޮންމެވެސް އެއްކަމެއް ނުހިމެނޭގޮތަށް ހުށަހެޅޭ ޕްރޮޕޯޒަލްތައް ޤަބޫލެއް ނުކުރެވޭނެއެވެ.

  • އިޖުތިމާޢީ ގޮތުން މިހާރު ކޮށްދެވެން ހުރި ކަންތައްތައްކަމަށް ރަތަފަންދޫ ކައުންސިލުގެ 3 ޖޫން 2014 ގައި ބޭއްވުނު 16 ވަނަ ބައްދަލުވުމުން ފާސްކޮށްފައިވާ ކަންތައްތައް:

1- ރަތަފަންދޫ އަތިރިމަތިން ޖެޓީކައިރިން ކައުންސިލުން ދައްކާ ސަރަޙައްދެއްގައި ފެރީޓާރމިނަލެއް އަޅައިދިނުން.

ފެރީޓާރމިނަލްގެ ބޮޑުމިން 35 ފޫޓު ދިގު 30 ފޫޓު ފުޅާ، ތަނުގެ ވަށައިގެން 3 ފޫޓު އުސްމިނަށް އެތެރޭގައި ތަޅުން އެޅި ޓިކެޓް ވިއްކާނެ ކައުންޓަރަކާއި މީހުން މަޑުކުރާނެ ތަނެއް އަދި ފާޚާނާއެއް ހުރުން .

2- އާސަންދައިގެ ޚިދުމަތާއެކު ބޭސްފިހާރައެއް ހިންގައިދިނުން . ބޭސްފިހާރަ ހިންގާ ފަރާތުން ބޭނުންވާނަމަ ކައުންސިލުން އެފަރާތަށް ބިމެއް ކުއްޔަށްދިނުން . ބޭސްފިހާރައިގެ ބޮޑުމިން 20 ފޫޓު ދިގު 12 ފޫޓު ފުޅާ ފާޚާނާއަކާއެކު.

3- ކުޑަކުދީންގެ ޕާރކެއް ހެދުން. މިޕާރކު ހަދައި ނިމިފައިހުންނައިރު ހުންނަންވާނީ ކުޑަކުދިން ކުޅޭނެ ސާމާނާއެކުގައެވެ.

#

ބިމުގެ ނަންބަރު

ބިމުގެ ބޮޑުމިން

ދޫކުރެވޭ އެންމެ ކުޑަކުލި (މަހަކު)

1

ތެޔޮވިއްކުމަށް ޚާއްސަ 2 ނަންބަރު ބިން

800 އަކަފޫޓު

400.00 ރުފިޔާ

ނޯޓް : މިޕްރޮޕޯޒަލް ކާމިޔާބުކުރާ ފަރާތަކާއި ރަތަފަންދޫ ކައުންސިލާ ދެމެދު ވެވޭ އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި މިދެންނެވި ތިންކަމުގެ ތެރެއިން އެފަރާތަކުން އިޖުތިމާޢީ ގޮތުން ކުރުމަށް ހުށަހަޅާ ނިންމެވިކަމެއް އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި މަރާމާތުކޮށް ބަލަހައްޓައިދޭން ވާނެއެވެ.  

  • މި ބިމުގައި ކުރެވޭނެ ކަންތައްތައް.

1 – ހަމައެކަނި ތެޔޮވިއްކުމުގެ މަސައްކަތް.

  • ހުށަހަޅުއްވާ ޕްރޮޕޯޒަލްތަކަށް މާކްސް ދެވޭނެގޮތް:

ހުށަހަޅުއްވާ މަހު ކުއްޔަށް

45%

އިޖުތިމާޢީ ކަންކަމަށް ކުރާ ޚަރަދަށް

40%

ތަޖުރިބާއަށް

% 10

ކުއްޔަށް ހިފަނީ ރަށުގެ ރައްވެއްސެއްނަމަ

5%

މިބިން ކުއްޔަށް ދޫކުރުމަށްޓަކައި މިއިދާރާއިން ކުރި ނަންބަރު: 420/2014/25 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ޕްރޮޕޯޒަލްތައް ބާޠިލުކޮށް، އަލުން އިޢުލާންކުރުމަށް ޓެންޑަރ ކޮމިޓީން ނިންމާފައިވާތީ އެއިޢުލާންވަނީ ބާޠިލުކުރެވިފައެވެ.

30 ޝައްވާލު 1435

26 އޮގަސްޓް 2014