މަސައްކަތް
ނަންބަރު: (IUL)298/298/2022/12
ޕަބްލިޝްކުރި ތާރީޚް: 15 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 23 މާރިޗު 2022 11:00
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމަންޓް 2ޓަނު ޕިކަޕް ފަހަތު ފޮށިގަނޑު މަރާމާތުކުރުން

އިޢުލާން

 

ވޭސްޓް މެނޭޖްމަންޓް 2ޓަނު ޕިކަޕް ފަހަތު ފޮށިގަނޑު މަރާމާތުކުރުން

 

            ކައުންސިލުން ވޭސްޓްމެނޭޖްމަންޓް ސެންޓަރުގައި ބޭނުންކުރަމުން ގެންދާ 2ޓަނު ޕިކަޕްގެ ފަހަތު ފޮށިގަނޑު އަމިއްލަ ތަކެތީގައި ހަދައި ހަރުކުރުމަށް ބޭނުންވެއްޖެއެވެ.

            ވީމާ، މިއިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފާރާތްތަކުން 2022 މާރިޗް 20 ވާ އާދިއްތަ ދުވަހު 11:00ށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި މިކަމަށް އެދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2022 މާރިޗް 23 ވާ ބުދަ ދުވަހުގެ 11:00 ގައި އަލިފުށީ ކައުންސިލްގެ އިދާރާގައެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.

            މިހެންވެމިކަން ޢާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

            12   ޝަޢުބާން   1443

            15    މާރިޗް    2022

15 މާރިޗު 2022