މަސައްކަތް
ނަންބަރު: GS-203/IUL/2022/04
ޕަބްލިޝްކުރި ތާރީޚް: 15 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 24 މާރިޗު 2022 10:00
ހޯނޑެއްދޫ ސްކޫލް
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނިފޯމް ދަރިވަރުންނަށް ފޯރު ކޮށްދެއްވާނެ ފަރާތްތައް ހޯދުމާއި ގުޅޭ

 ނަމްބަރ:GS-203/IUL/2022/04

       ތާރީޚް: 14 މާރިޗު 2022

 

އިޢުލާން

 

އެކްޓިވިޓީ ޔުނިފޯމް ދަރިވަރުންނަށް ފޯރު ކޮށްދެއްވާނެ ފަރާތްތައް ހޯދުމާއި ގުޅޭ

ވިޔަފާރި އުސޫލުން މި ސްކޫލުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ސްކޫލުން ކަނޑައަޅާ މިންގަނޑުތަކާއި އެއްގޮތަށް ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް،ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. 

މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅޭނީ ހަމައެކަނި ވިޔަފާރި ޤާނޫނު (ޤާނޫން ނަމްބަރ 18/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި، އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫން (ޤާނޫން ނަމްބަރ 19/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. 

މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022 މާރިޗް 21 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ކުރައްވާނީ މެއިލް މެދުވެރިކޮންނެވެ.

އީމެއިލް ކުރައްވާއިރު ތިރީގައިވާ ބައިތައް ހިމެނުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން (ކުންފުނީގެ ނަން):

ރަޖިސްޓްރީ ނަންބަރު (ކުންފުނީގެ):

އީމެއިލް އެޑްރެސް:

ގުޅޭނެ މޯބައިލް ނަންބަރު:

މިބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 2022 މާރިޗް 23 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

މިބީލަމާ ބެހޭގޮތުން ތައްޔާރުކުރެވިފައިވާ މައުލޫމާތު ފޯމް، މަތީގައި ދެންނެވިފައިވާ މުއްދަތުގައި ނަންނޯޓު ކުރާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2022 މާރިޗް 24 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ކ. ހޯނޑެއްދޫ ސްކޫލް އޮފީހުގައެވެ.

 

މަޢުލޫމާތު ސާފުކުރުމަށާއި، ބީލަން ހުށަހެޅުމަށް ޙާޟިރުވާ ފަރާތްތަކުން އެ ބޭފުޅަކު ތަމްސީލް ކުރައްވަނީ ކޮން ކުންފުންޏެއް ނުވަތަ ކޮން ވިޔަފާރިއެއްކަން އެނގޭނޭލިޔުމެއް ހުށަހަޅަން ވާނެއެވެ.  

އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި ނަންނޯޓުކުރެއްވުމަށް ރަސްމީ ގަޑީގައި 7983089 މި ނަމްބަރ ފޯނަށް ގުޅުއްވުން އެދެމެވެ. އަދި މިސްކޫލުގެ އީ-މެއިލް އެޑްރެސް އަށް [email protected] މެއިލް ކުރެއްވުން އެދެމެވެ.

 

މިހެންވެ މިކަން ޢާންމުކޮށް އަންގާޢިޢުލާން ކުރީމެވެ.

 

15 މާރިޗު 2022