ދިވެހިރާއްޖެ
ނަންބަރު: A/IUL/344/2022/13
ޢިއުލާން
އއ.ފެރިދޫ ފުޓްސަލް ދަނޑުގައި ބޯޅަގެޔަކާއި، ސްޓޯރޭޖް ރޫމާއި ފާހާނާ ހެދުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު A/IUL/344/2022/10 (27 ފެބްރުއަރީ 2022) އިއުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، 2022 މާރިޗް 15 ވާ އަންގާރަ ދުވަހުން ފެށިގެން 2022 މާރިޗް 20 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން [email protected] އަށް ނުވަތަ އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާއަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓު ފުރުމަށްފަހު، އަމިއްލަ ފަރުދަކު ނަމަ އައިޑީކާޑު ކޮޕީ/ ކުންފުންޏަކުންނަމަ ރެޖިސްޓްރޭޝަން ސެޓްފިކެޓް ގެ ކޮޕީ އާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2022 މާރިޗް 27 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00ގައި މި ކައުންސިލްގެ އިދާރާގައެވެ.
މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 2022 މާރިޗް 20 ވާ އާދީއްތަ ދުވަހު މެންދުރުފަހު 14:00ގެ ކުރިން [email protected] އަށް މެއިލްމެދުވެރިކޮށް ނުވަތަ އއ.ފެރިދޫ ކައުންސިލްގެ އިދާރާއަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.