ނީލަން
ނަންބަރު: (IUL)267/267/2022/20
ޕަބްލިޝްކުރި ތާރީޚް: 15 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 10:58
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިޓީލާ ނީލަމުގައި 07 ރުކެއް ވިއްކާލުން

ސިޓީލާ ނީލަމުގައި 07 ރުކެއް ވިއްކާލުން

މި އިދާރާގެ ނަންބަރު: (IUL)267/267/2022/19 (14 މާރޗް 2022 ) އިއުލާންގައިވާ ކުށެއް އިސްލާޙް ކުރުމަށް ފަހު އެ އިޢުލާން ބާތިލް ކުރުމަށްފަހު އަލުން ސިޓީލާ ނީލަމުގައި ވިއްކަލުމަށް ހުޅުވާލަމެވެ.

އަލަށް ހެދުމަށް ހަމަޖެހިފައިވާ މަގުގައި ހުރި 07 ރުކެއް ސިޓީލާ ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ރުއްތަކުގެ ތަފްޞީލް ތިރީގައި އެވަނީއެވެ.

ނަންބަރު

ސަރަޙައްދާއި ތަފްޞީލް

1 ނަންބަރު ރުއް

ފަރުމަތި މަގު (ފޯދުނު މެދު)

2 ނަންބަރު ރުއް

ފަރުމަތި މަގު (ފޯދުނު މޮޅު)

3 ނަންބަރު ރުއް

ފަރުމަތި މަގު (ފޯދުނު މޮޅު)

4 ނަންބަރު ރުއް

ފަރުމަތި މަގު (ފޯދުނު މޮޅު)

5 ނަންބަރު ރުއް

ފަރުމަތި މަގު (ފޯދުނު މޮޅު)

6 ނަންބަރު ރުއް

ފަރުމަތި މަގު (ފޯދުނު މޮޅު)

7 ނަންބަރު ރުއް

ފަރުމަތި މަގު (ފޯދުނު މެދު)

 

     ނީލަން ފެށޭއަގަކީ-/2900ރ (ތިންހާސް ހަތަރުސަތޭކަ ރުފިޔާ)އެވެ. ހުށަހަޅާ އަގަށް މަދުވެގެން އިތުރު ކުރެވޭ އެންމެ ކުޑައަގަކީ-/100ރ (ސަތޭކަ ރުފިޔާ)އެވެ. ނީލަމުގައި ބައިވެރިވެލައްވާ ފަރާތްތަކުން ކޮންމެ ދުވަހެއްގެ 12:30 ކުރިން ރުއްތައް ގަތުމަށް ބޭނުންވާ އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހަށަހަޅުއްވަންވާނީ NL04 ފޯމް ފުރިހަމަކޮށް ފޯމް ސިޓީ އުރައެއްގައި ބަންދު ކޮށްގެންނެވެ. ނީލަން ހުށަހަޅާފޯމް މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

     ކޮންމެ ދުވަހަކު 12:30 އާ ހަމައަށް ހުށަހަޅާއެންމެ މަތީ އަގު އެދުވަހެއްގެ 14:00ގައި މިއިދާރާގެ ނޯޓިސް ބޯޑާއި ފޭސްބުކު ޕޭޖުގައި ޢާއްމު ކުރެވޭނެއެވެ. ނީލަމަށް ހުށަހަޅާއަގު ޖެހިޖެހިގެން ރަސްމީ 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ އެއަގަކަށް ނީލަން ނިންމާ ލެވޭނެއެވެ.

    ނީލަމުން ނަންގަވާ ރުއްތައް ދޫކުރާނީ މިކައުންސިލަށް ފައިސާ ދެއްކެވުމަށް ފަހުގައެވެ. ނީލަން ނިމޭތާ ރަސްމީ 3 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ ނީލަން ބާޡިލް ކުރެވޭނެވެ.

 

                      މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

15 މާރިޗު 2022