ދިވެހިރާއްޖެ
މިކުންފުނިން ހުސްވެފައިވާ ޓަގު ކުރޫގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މަޤާމު: ޓަގު ކުރޫ ގރ.1
ބޭނުންވާ އަދަދު: 01 (އެކެއް)
އަސާސީ މުސާރަ: -/3640 ރުފިޔާ
އެހެނިހެން ޢިނާޔަތްތައް: 3000ރ - 4000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ
ޝަރުޠު:
- ގްރޭޑް 8 ފުރިހަމަކޮށްފައިވުން. (ގްރޭޑް 08 ފުރިހަމަ ކޮށްފައިވާ ކަމަށް ބެލެވޭނީ ސްކޫލް ލީވިންގް ސެޓްފިކެޓް ހުށަހެޅުމުންނެވެ.)
- ފަތަން އެނގުމާއެކު "ނިޔަމި" ކޯސް ހަދާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
- މިފަދަ މަޤާމެއް އަދާކުރުމުގެ ސިއްޙީ ޤާބިލްކަން ލިބިފައިވާ ފަރާތެއް ކަމުގައިވުން.
- އުމުރުން 40 އަހަރަށްވުރެ މަތީ މީހެއްކަމުގައި ނުވުން.
ސުންގަޑި:
24މާރޗް 2022 ވަނަ ދުވަހުގެ 13:00 ގެ ކުރިން.
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:
- މަޤާމަށް އެދިހުށަހަޅާ ފޯމް. (އެޕްލިކޭޝަން ފޯމް ކުޅުދުއްފުށީ ޕޯޓުން ލިބިވަޑައިގަންނަވާނެއެވެ)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްނަމަ އެލައިސަންސްގެ ސާފު ކޮޕީ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއިއެކު)
ހުށަހަޅަންޖެހޭ އޮފީސް:
ކުޅުދުއްފުށީ ޕޯޓް ލިމިޓެޑް، ހދ.ކުޅުދުއްފުށި ނުވަތަ،
ޕޯޓްގެ އީ.މެއިލް : [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
ނޯޓް:މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިޔޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކޮށްފައިވާ މަޢުލޫމާތު ފުރިހަމަނުވާ ފޯމުތައް ބާޠިލު ކުރެވޭނެއެވެ.