ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)472/1/2022/51
ޕަބްލިޝްކުރި ތާރީޚް: 14 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 15:32
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
ގައުމީ ކުޅިވަރު އެވޯޑް ދިނުމުގެ ހަފްލާއަށް ބޮޑުތަކުރުފާނު މަގު ބަންދުކުރުން

އިޢުލާން 

ރާއްޖޭގައި ކުޅިވަރު ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި މި އަހަރު ފެށި ކުޅިވަރު އެވޯޑް ދިނުމުގެ ރަސްމިއްޔާތު މި ހިނގާ މާރިޗުމަހުގެ 17 ވާ ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާތީ މާލޭ ކުޅިވަރު އެކުވެނި ސިންތެޓިކް ޓްރެކް ސަރަހައްދުގެ ބޮޑުތަކުރުފާނުމަގު 17 މާރިޗު 2022 ވަނަ ދުވަހު 20:00 އިން ފެށިގެން 20:45 އާ ދެމެދު ބަންދުކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. 

ވީމާ، އެސަރަހައްދުގައި ހަރަކާތްތެރިވާ ޓްރެފިކް ފުލުހުންގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރެއްވުމަށް ދެންނެވީމެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުމަށް މިފުރުޞަތުގައި ޝުކުރު ދަންނަވަމެވެ.

 

 

 

14 މާރިޗު 2022