މަސައްކަތް
ނަންބަރު: (IUL)383/383/2022/24
ޕަބްލިޝްކުރި ތާރީޚް: 14 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 15:03
ސުންގަޑި: 21 މާރިޗު 2022 13:00
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެވީވެހިކަލްތަކާއި ލޭބަރުން ގްރޭޓަރ މާލޭ އޭރިޔާއިން ވިލުފުއްޓަށް ގެނައުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުން

ތ.ވިލުފުށިން ގޯތި ދޫކުރުމަށް ނިންމާފައިވާ ސަރަޙައްދުތައް ސާފުކުރުމާއި ވެލިއެޅުމުގެ މަސައްކަތަށް ބޭނުންވާ ހެވީ ވެހިކަލްތަކާއި އެކު މަސައްކަތްކުރާނެ ލޭބަރުން ގްރޭޓަރ މާލޭ އޭރިޔާއިން ތ.ވިލުފުއްޓަށް ގެނައުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. 

                  ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން https://rb.gy/jqidtp މި ލިންކު މެދުވެރިކޮށް ބީލަމުގައި ބައިވެރިވުމަށް އެދި 2022 މާރިޗު 21 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން ރަޖިސްޓްރީކޮށް ތިރީގައިވާ ތާވަލާއި އެއްގޮތަށް މިއިދާރާއަށް ދުރުވެ، އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް އެދި ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ވަގުތުގެ ކުރިން ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ބީލަމާ ގުޅޭ މަޢުލޫމާތު، ބީލަމުގައި ބައިވެރިވުމަށް އެދި ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލްގެ ޒަރިއްޔާއިން ފޯރުކޯށްދެވޭނެއެވެ.

 

 

ތާރީޚް

ގަޑި

ދުވަސް

ތަން

އަންދާސީ ހިސާބު ހުށަހެޅުން

28 މާރިޗު 2022

13:15

ހޯމަ

ކައުންސިލް އިދާރާ ޖަލްސާކުރާ މާލަމް

 

                  މިމަސައްކަތް ކުރުމަށްއެދި އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވުން އެދެމެވެ.

14 މާރިޗު 2022