މަގާމު:
|
ޑިރެކްޓަރ
|
ބޭނުންވާ ޢަދަދު:
|
01 (އެކެއް)
|
ބޭނުންވާ މުއްދަތު:
|
ވަޒީފާއަށް ހޮވޭ ތާރީހުން ފެށިގެން 23 ޖުލައި 2022 ގެ ނިޔަލަށް (މަސައްކަތް ހުރިގޮތަށް ބަލާ މުއްދަތު އިތުރުކުރެވޭ ގޮތަށް)
|
މަގާމުގެ ރޭންކް:
|
އީ.އެކްސް 1 |
މަގާމުގެ ގިންތި:
|
ވަގުތީ
|
ވަޒިފާއަދާ ކުރަންޖެހޭ ތަން:
|
ޓްރޭނިންގ އެންޑް އެޑްވޮކަސީ ސެކްޝަން - ލޯކަލް ގަވަރމަންޓް އޮތޯރިޓީ/ މާލެ
|
އަސާސީ މުސާރަ:(މަހަކު)
|
8،835.00 ރ
|
ސަރވިސް އެލަވަންސް:(މަހަކު)
|
2,000.00 ރ
|
އެހެނިހެން އެލަވަންސް:(މަހަކު)
|
އެކްސްކްލޫސިވް ޖޮބް އެލަވަންސް:
|
އަސާސީ މުސާރައިގެ %35 (ތިރީސް ފަހެއް) އިންސައްތަ
|
ލިވިންގ އެލަވަންސް:
|
4,000.00ރ
|
ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
މަޤާމުގެ އަސާސީ ޝަރުތު:
|
1) މަގާމުގެ މަސްއޫލިއްޔަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު، މަގާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން 2 އަހަރުގެ ތަޖްރިބާ ލިބިފައިވުން.
ނުވަތަ
2)މަގާމުގެ މަސްއޫލިއްޔަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު، މަގާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން 4 އަހަރުގެ ތަޖްރިބާ ލިބިފައިވުން
ނުވަތަ
3) މަގާމުގެ މަސްއޫލިއްޔަތާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު، މަގާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން 6 އަހަރުގެ ތަޖްރިބާ ލިބިފައިވުން
|
އެހެނިހެން މަޢުލޫމާތު:
|
މަގާމުގެ މަސްއޫލިއްޔަތާއި ގުޅޭ މަސައްކަތުގެ ދާއިރާތައް:
•ހިންގުމުގެ ދާއިރާ
•ރިސާޗް ކުރުމުގެ ދާއިރާ
•ކިޔަވައިދިނުމުގެ ދާއިރާ
ތަޢުލީމީ ރޮނގުތައް:
- ސޯޝަލް ސައިންސް
- ގަވަރނަންސް
- ޕޮލިޓިކަލް ސައިންސް
- އެޕްލައިޑް ސައިންސް
- މެނޭޖްމެންޓް
- ކޮމިޔުނިކޭޝަން
- ޓީޗިންގ
- އެޑްމިނިސްޓްރޭޝަން
- އެކައުންޓިންގ އެންޑް ފައިނޭންސް
- މަގާމުގެ ދާއިރާތަކާއި އެމީހެއްގެ ތައުލީމީ ސެޓްފިކެޓްތައް ގުޅޭތޯ ބެލުމުގައި ސެޓްފިކެޓްގެ ނަމާއި މަގާމުގެ މަސައްކަތާއި ގުޅޭކަން ސާފުކޮށް ކަނޑައަޅަން ދަތިވާ ހާލަތުގައި، ކޯހުގެ ނަމަށް ބެލުމުގެ ބަދަލުގައި ބަލާނީ އެމީހަކު ކޯހުގައި ފުރިހަމަ ކުރި މޮޑިއުލްތަކުގެ ގޮތުގައި ޓްރާންސްކްރިޕްޓުގައި ބަޔާންކޮށްފައިވާ މޮޑިއުލްތަކަށެވެ. މިގޮތުން ކޯހުގައި ކިޔަވާފައިވާ މޮޑިއުލްތަކުގެ 30 އިންސައްތަ މޮޑިއުލްއަކީ މަދުވެގެން މަގާމުގެ މަސައްކަތާ ގުޅޭ މޮޑިއުލްތަކަކަށް ވާންވާނެއެވެ. މަގާމުގެ މަސައްކަތާއި ގުޅޭ މޮޑިއުލްތަކުގެ އަދަދު 30 އިންސައްތައަށްވުރެ މަދުވާނަމަ އެ ކޯހަކީ މަގާމާއި ގުޅޭ ސެޓްފިކެޓެއް ކަމަށް ނުބެލޭނެއެވެ.
|
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ކައުންސިލްތަކުގައި ފަންނީ ޤާބިލްކަން ހުރި މިންވަރު ބެލުމަށް ކުރެވޭ ދިރާސާތަކަށް ރިޢާޔަތްކޮށް ކައުންސިލްތަކަށް ދޭންޖެހޭ ތަމްރީންތައް ދިނުމާއި އެކަމަށް ބޭނުންވާ ޓްރޭނިންގ މެޓީރިއަލްސް ތައްޔާރުކުރުމުގެ ކަންކަން އިންތިޒާމްކޮށް ބެލެހެއްޓުން.
- އަލަށް އިންތިޚާބުކުރެވޭ ކައުންސިލަރުންނާއި އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުންނަށް ބޭނުންވާ މަޢުލޫމާތު ސެޝަންތަކާއި، ކައުންސިލަށް ލަފާދޭ ކޮމިޓީތަކުގެ މެމްބަރުންނަށް ބޭނުންވާ މައުލޫމާތު ސެޝަންތައް ހިންގުމުގެ އިންތިޒާމް ހަމަޖެއްސުން.
- ކައުންސިލްތައް މޮނިޓަރކޮށް އެއްކުރެވޭ މަޢުލޫމާތުތައް ދިރާސާކުރުމާއި އެކަންކަމާއި ގުޅިގެން އެކުލަވާލަންޖެހޭ ޓްރޭނިންގތައް އެކުލަވާލާ ހިންގުމުގެ އިންތިޒާމް ހަމަޖެއްސުން.
- ކައުންސިލްތަކުގެ އާމްދަނީއާއި އިޤްތިޞާދީ ފުދުންތެރިކަން އިތުރުކޮށް ފުޅާކުރުމަށްޓަކައި ބޭނުންވާ ތަމްރީނާއި ހުނަރު ފޯރުކޮށްދިނުމުގެ ކަންކަން އިންތިޒާމްކޮށް ބެލެހެއްޓުން.
- ސެކްޝަނުން ހިންގާ ޓްރޭނިންގތަކާއި ވޯކްޝޮޕްތަކުގެ އެންމެހާ ކަންކަން އިންތިޒާމްކޮށް ބެލެހެއްޓުން.
- ޓްރޭނިންގ ރިކުއަރމެންޓްތަކަށް ބޭނުންވާ ކޯސްތައް ފަރުމާކުރުމާއި މުޤައްރަރުތައް އެކުލަވާލުމާއި އެމްކިއުއޭ އަށް ހުށަހަޅައިގެން ޓްރޭނިންގ ތައް އެކްރެޑިޓް ކުރުމަށް އެހީތެރިވުމާއި، ޓްރޭނިންގ އަށް ބޭނުންވާ މެޓީރިއަލް ތައްޔާރުކުރުމުގެ ކަންކަން އިންތިޒާމްކޮށް ބެލެހެއްޓުން.
- އެކިއެކި މުވައްސަސާތަކުން އެދޭ ލާމަރުކަޒީ ނިޒާމާއި ގުޅުންހުރި ތަމްރީނު ޕްރޮގްރާމްތައް ކައުންސިލްތަކަށް ހިންގާދިނުން.
- ކައުންސިލްތަކުން އެދި ހުށަހަޅާ ތަފާތު ތަމްރީނުތައް ހިންގުމާއި، ތަމްރީނުތަކަށް ބޭނުންވާ އިދާރީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން އިންތިޒާމްކޮށް ބެލެހެއްޓުން.
- ސެކްޝަނުން ކުރިޔަށް އޮތް އަހަރު ހިންގުމަށް ކަނޑައަޅާ ޕްރޮގްރާމްތަކަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުމާއި ޕްރޮގްރާމް ކަލަންޑަރު އެކުލަވާލުން.
- ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށްޓަކައި އާއްމުން ހޭލުންތެރި ކުރުވުމަށް ތައްޔާރުކުރެވޭ ލީފްލެޓާއި ފޮތްފަދަ ތަކެތި ތައްޔާރުކުރުމުގައާއި، ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުމާއި، ފަންނީ ލަފަޔާއި އިރުޝާދު ދިނުން.
- މިނޫންވެސް އޮފީހުން ހަވާލުކުރާ އޮފީހާ ގުޅުން ހުރި ރަސްމީ މަސައްކަތްތައް ކުރުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި އެ ސެޓްފިކެޓްތަކުގެ ޓްރާންސްކްރިޕްޓްގެ ކޮޕީ
- ލިބިފައިވާ ކުރު މުއްދަތު ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ
- ތަޖުރިބާ ދަލީލުކޮށްދޭ ލިޔުމުގެ ކޮޕީ
ނޯޓް:
- ރާއްޖޭގައި ހިންގާ ތައުލީމުދޭ މަރުކަޒަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވްކޮށްފައިވާ ކޯހެއް ފުރިހަމަކޮށްފައިވާނަމަ ސެޓްފިކެޓްގެ ކޮޕީގައި އެކްރެޑިޓް ކުރިކަމުގެ ތައްގަނޑު އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއެއްގެ ކޯހެއްނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރިކަމުގެ ތައްގަނޑު ނުވަތަ އެކޯހެއް ގަބޫލުކުރާކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
- ވަޒިފާއަށް އެދި ހުށަހަޅާ ލިޔުންތައް ހުށަހަޅާއިރު އަސްލާ އެއްގޮތްކަން އެނގޭނެ ތައްގަނޑު އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް ޝޯޓްލިސްޓްވާ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު ހުށަހެޅި ލިޔުންތަކުގެ އަސްލު އޮތޯރިޓީއަށް ގެންނަންވާނެއެވެ.
- ތަޖުރިބާ ދަލީލުކޮށްދޭ ލިޔުމުގައި އަދާކުރި/ކުރާ މަގާމުގެ ނަން، މަގާމުގެ މުއްދަތު، ވަޒިފާ އަދާކުރި ތަނުގެ އެޑްރެސް، އިސްވެރިއެއްގެ ސޮއާއި އޮފީހުގެ ތައްގަނޑު އޮންނަންވާނެއެވެ. އަދި އަމިއްލަ ކުންފުންޏެއްނަމަ މި މައުލޫމާތުގެ އިތުރުން ތަނުގެ މުވައްޒަފުންގެ އަދަދު ހިމަނަންވާނެއެވެ.
|
މަގާމަށް އެންމެ ގާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:
|
މަގާމަށް މީހަކު ނެގުމަށް ޕޮއިންޓް ދިނުމުގައި މިދާއިރާގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވާ ފަރާތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުއާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ހާލަތްތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހަކަށް އިސްކަންދެވޭނެއެވެ.
- ތަޢުލީމާއި ތަމްރީން: %40
- މަސައްކަތު ތަޖުރިބާ: % 12
- ހުނަރު (އިންޓަވިއު، އިމްތިޙާން/ޕްރެޒެންޓޭޝަން): %48
- މަގާމަށް ކުރިމަތިލާފައިވާ ފަރާތްތަކުން ވަޒީފާއަށް އެންމެ ގާބިލު ފަރާތްކަމުގައި ބެލެވޭނީ، ލިބިފައިވާ ތައުލީމާއި، ތަޖުރިބާ އަދި ހުނަރު މި 3 ބައި އެއްކޮށްލުމުން 50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ޖުމްލަ މާކްސް ލިބިފައިވުމާއިއެކު 'ހުނަރު' މިބަޔަށް ކަނޑައަޅާފައިވާ ޕޮއިންޓުގެ 50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ލިބުމުންނެވެ.
|
މަގާމަށް އެދެންވީގޮތާއި ސުންގަޑި:
|
- މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 21 މާރިޗު 2022 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން މި އޮތޯރިޓީއަށް ވަޒިފާއަށް އެދޭ ފޯމާއި ލިޔުންތައް ހުށަހަޅަންވާނެއެވެ. އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅާ ފަރާތްތައް [email protected] މެދުވެރިކޮށް ފޯމު ހުށަހެޅިދާނެއެވެ. އީ-މެއިލް މި އޮތޯރިޓީއަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމު ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.
- އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.
|
އިތުރު މަޢުލޫމާތު:
|
- ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 15:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިން، ގްރައުންޑު ފްލޯ) އިންލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
- މަޤާމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އަސާސީ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަ ނަމަ އިންޓަވިޔު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއި އެވެ.
- ފޯމު ފުރާފައި ހުންނަންވާނީ ދިވެހި ބަހުންނެވެ. އަދި ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމުތަކާއި، ލިޔެކިޔުންތައް ފުރިހަމަނުވާ ފޯމުތަކާއި، މައުލޫމާތު ސައްހަނޫން ފޯމުތައް ބާތިލުކުރެވޭނެއެވެ.
- އިތުރު މައުލޫމާތު މި އޮތޯރިޓީގެ ނަންބަރު 3013100 އިން ސާފުވާނެއެވެ.
|