ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)220-HRA/1/2014/96
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 15:31
ސުންގަޑި: 15 ސެޕްޓެންބަރު 2014 17:00
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި އޮތޯރިޓީއަށް ތިރީގައިމިވާ މަޤާމުތަކަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު:

ސީނިއަރ އޮފިސަރ، އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް (ފައިނޭންސް ސެލް) (ލެވެލް 1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ ޔުނިޓް:

ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް/އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ޔުނިޓް (ފައިނޭންސް ސެލް)

އަސާސީ މުސާރަ:

-/7،000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

ލިވިންގ އެލަވަންސް: -/2،500 ރުފިޔާ

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/110 ރުފިޔާގެ ރޭޓުން ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/175 ރުފިޔާގެ ރޭޓުން

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

- އޮތޯރިޓީގެ ބަޖެޓް ތައްޔާރުކުރުމާއި، ބަޖެޓާ (އާމްދަނީއާއި ޚަރަދު) ގުޅޭ މަސައްކަތްތައް ކުރުން.

- އޮތޯރިޓީގެ އެކައުންޓްތައް ރީކޮންސައިލްކޮށް، ކަމާގުޅޭ މަސައްކަތްތައް ކުރުން.

- އޮތޯރިޓީގެ ފައިނޭންޝަލް ސްޓޭޓްމަންޓް ތައްޔާރުކުރުން.

ޝަރުޠު:

- އެކައުންޓިންގ ނުވަތަ ފައިނޭންސާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ އެފްލިއޭޓް ލެވެލް ނުވަތަ ސީ.އައި.އެމް.އޭ ސްޓްރެޓެޖިކް ލެވެލް ނިންމާފައިވުން.

- މީހުން ހޮވުމުގައި، ސަރުކާރުގެ ބަޖެޓުގެ މަސައްކަތް ދަންނަ، ސަރުކާރުގެ ހިސާބުތައް ބެލެހެއްޓުމުގެ ނިޒާމު ދަންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމު:

ސީނިއަރ އޮފިސަރ، އޮޑިޓް/އިންވެސްޓިގޭޝަން /ކޮމްޕްލަޔަންސް (ލެވެލް 1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް:

އޮޑިޓް އެންޑް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް/ލާޖް ޓެކްސްޕެޔަރ ސަރވިސް ޑިޕާޓްމަންޓް/އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިޕާޓްމަންޓް

އަސާސީ މުސާރަ:

ސީނިއަރ އޮފިސަރ: -/7،000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

ލިވިންގ އެލަވަންސް: -/2،500 ރުފިޔާ

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/110 ރުފިޔާގެ ރޭޓުން ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/175 ރުފިޔާގެ ރޭޓުން

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

- ޓެކްސް ދައްކަންޖެހޭ އެންމެހައި ފަރާތްތަކުން ޓެކްސް ދައްކަންޖެހޭވަރު ހިސާބުކުރަނީ ޤާނޫނާއި ގަވާއިދާ އެއްގޮތަށްތޯ ބަލައި ޗެކުކުރުމާއި، ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން ޓެކްސް ދައްކަންޖެހޭ އަދަދު ކަނޑައެޅުން.

- ޓެކްސްގެ ޤާނޫނުތަކުގެ ދަށުން މީރާއިން ކުރާ އޮޑިޓްތަކާ ގުޅިގެން ނުވަތަ މީރާއަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ތަޙުޤީޤުކުރަންޖެހޭ މައްސަލަތައް ތަޙުޤީޤުކުރުން.

ޝަރުޠު:

- އެކައުންޓިންގ ނުވަތަ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ އެފްލިއޭޓް ލެވެލް ނިންމާފައިވުން.

- މީހުން ހޮވުމުގައި، އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާއިން ޕްރޮފެޝަނަލް ކޮލިފިކޭޝަނެއް އޮތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމު:

ސީނިއަރ އޮފިސަރ، ޓެކްސްޕޭޔަރ އެޑިއުކޭޝަން އެންޑް ފެސިލިޓޭޝަން (ލެވެލް 1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް / ޔުނިޓް:

ޓެކްސްޕޭޔަރ އެޑިއުކޭޝަން އެންޑް ފެސިލިޓޭޝަން ޑިޕާޓްމަންޓް / ޓެކްސްޕޭޔަރ އެޑިއުކޭޝަން އެންޑް ފެސިލިޓޭޝަން ޔުނިޓް (ޓެކްސް ޓްރޭނިންގ ސެންޓަރ ސެލް)

އަސާސީ މުސާރަ:

ސީނިއަރ އޮފިސަރ: -/7،000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

ލިވިންގ އެލަވަންސް: -/2،500 ރުފިޔާ

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/110 ރުފިޔާގެ ރޭޓުން ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/175 ރުފިޔާގެ ރޭޓުން

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

- އާންމުންނަށާ ޓެކްސް ދައްކާ ފަރާތްތަކަށް ޓެކްސްއާބެހޭ މަޢުލޫމާތު ދިނުމަށް ސެމިނާރުތަކާއި، ތަމްރީން ޕްރޮގްރާމްތައް ރޭވުމުގައި އެހީތެރިވުން.

- ޓްރޭނިންގތަކަށާއި، ޓެކްސްދައްކާ ފަރާތްތަކަށް ބޭނުންވާ ޕްރެޒެންޓޭޝަންތައް، އިންފޮރމޭޝަން ބުކްލެޓް، މެނުއަލް، ގައިޑްފަދަ ލިޔެކިޔުންތައް ތައްޔާރުކުރުން.

- ޓްރޭނިންގ ސެންޓަރުން ހިންގާ ޓްރޭނިންގތަކުގެ ސެޑިއުލް ތައްޔާރުކޮށް ބެލެހެއްޓުން.

- ޓެކުހާބެހޭ މަޢުލޫމާތު ހޯދުމަށް އޮތޯރިޓީއަށް ލިބޭ އީމެއިލްތަކަށް ޖަވާބުދިނުން.

ޝަރުޠު:

- އެކައުންޓިންގ، ފައިނޭންސް، ނުވަތަ ބިޒްނަސްއާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ އެފްލިއޭޓް ލެވެލް ނުވަތަ ސީ.އައި.އެމް.އޭ ސްޓްރެޓެޖިކް ލެވެލް ނިންމާފައިވުން.

މަޤާމު:

ސީނިއަރ އޮފިސަރ، މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް (ލެވެލް 1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ ޔުނިޓް:

ޓެކްސްޕޭޔަރ އެޑިއުކޭޝަން އެންޑް ފެސިލިޓޭޝަން ޑިޕާޓްމަންޓް/މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ޔުނިޓް

އަސާސީ މުސާރަ:

ސީނިއަރ އޮފިސަރ: -/7،000ރުފިޔާ

އިތުރު އިނާޔަތްތައް:

ލިވިންގ އެލަވަންސް: -/2،500 ރުފިޔާ

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/110 ރުފިޔާގެ ރޭޓުން ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/175 ރުފިޔާގެ ރޭޓުން

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

- ޓެކްސްތައް މާކެޓްކުރުމަށް ބޭނުންކުރާ ލީފްލެޓް، ޕޯސްޓަރ، ބެނަރފަދަ ތަކެތި ޑިޒައިންކުރުން.

- ޓެކްސްތަކަށް އާންމުންނާއި ޓެކްސްދައްކާ ފަރާތްތައް އަހުލުވެރިކުރުމަށް ވީޑިއޯ ކްލިޕްތައް ތައްޔާރުކުރުމާއި އެނިމޭޝަންގެ މަސައްކަތްކުރުން.

ޝަރުޠު:

- މާކެޓިންގ ނުވަތަ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން.

- މީހުން ހޮވުމުގައި، ޑިޒައިންކުރުމާގުޅޭ ކޯސްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމު:

ސީނިއަރ އޮފިސަރ، އެންފޯސްޑް ކަލެކްޝަން (ލެވެލް 1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ ޔުނިޓް:

އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިޕާޓްމަންޓް/އެންފޯސްޑް ކަލެކްޝަންޔުނިޓް (ނޮން-ޓެކްސް ރެވެނިއު ސެލް)

އަސާސީ މުސާރަ:

ސީނިއަރ އޮފިސަރ: -/7،000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

ލިވިންގ އެލަވަންސް: -/2،500 ރުފިޔާ

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/110 ރުފިޔާގެ ރޭޓުން ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/175 ރުފިޔާގެ ރޭޓުން.

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

- ފައިސާ ނުދައްކާ ފަރާތްތަކާ މުޢާމަލާތްކޮށް ލިބެންޖެހޭ ފައިސާ ހޯދުމާއި، އެ ފައިސާ ނުދައްކާ ފަރާތްތަކުން ފައިސާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުން.

- އެންފޯސްމަންޓް ޕޮލިސީގެ ދަށުން އިންސްޓޯލްމަންޓް ހަމަޖެއްސުމާއި، އިތުރަށް ދައްކާ ފައިސާ ރިފަންޑްކުރުމާގުޅޭ މަސައްކަތްކުރުން.

ޝަރުޠު:

- އެކައުންޓިންގ، ފައިނޭންސް، ނުވަތަ ބިޒްނަސްއާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ އެފްލިއޭޓް ލެވެލް ނުވަތަ ސީ.އައި.އެމް.އޭ ސްޓްރެޓެޖިކް ލެވެލް ނިންމާފައިވުން.

- މީހުން ހޮވުމުގައި، އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާއިން ޕްރޮފެޝަނަލް ކޮލިފިކޭޝަނެއް އޮތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ސީނިއަރ އޮފިސަރ، ޓެކްނިކަލް ސަރވިސް (ލެވެލް 1)

ޓެކްނިކަލް އެންޑް ލީގަލް ސަރވިސް ޑިޕާޓްމަންޓް/ޓެކްނިކަލް ސަރވިސް ޔުނިޓް

-/7،000 ރުފިޔާ

ލިވިންގ އެލަވަންސް: -/2،500 ރުފިޔާ

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/110 ރުފިޔާގެ ރޭޓުން.

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/175 ރުފިޔާގެ ރޭޓުން.

- ޓެކްސްތަކާ ގުޅޭގޮތުން ނެރެންޖެހޭ ޓެކްސް ރޫލިންގތަކާއި ސަރކިއުލަރތައް ތައްޔާރުކުރުން.

- އޮތޯރިޓީގެ ބޭނުމަށް ހަދަންޖެހޭ ޤާނޫނުތަކުގެ ބިލުތަކާއި ޤަވާއިދުތަކާއި އުސޫލުތަކާއި ލިޔުންތައް ތައްޔާރުކުރުން.

- ޓެކްސް ދައްކާފަރާތްތަކަށް ބޭނުންވާ ގައިޑުތައް ތައްޔާރުކުރުމަށް ޓެކްސް ޓްރޭނިންގ ސެންޓަރަށް ބޭނުންވާ ފަންނީ އެހީތެރިކަން ދިނުން.

ޝަރުޠު:

- އެކައުންޓިންގ، ފައިނޭންސް، އިކޮނޮމިކްސް ނުވަތަ ޓެކުހާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ އެފްލިއޭޓް ލެވެލް ނިންމާފައިވުން.

- މީހުން ހޮވުމުގައި، އެކައުންޓިންގ، ނުވަތަ ފައިނޭންސް ދާއިރާއިން ޕްރޮފެޝަނަލް ކޮލިފިކޭޝަނެއް އޮތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ

ސީނިއަރ އޮފިސަރ، ރީޖަނަލް ސަރވިސް (ލެވެލް 1)

ރިޓަރން އެންޑް ޕޭމަންޓް ޕްރޮސެސިންގ ޑިޕާޓްމަންޓް/ރީޖަނަލް ސަރވިސް ޔުނިޓް

-/7،000 ރުފިޔާ

ލިވިންގ އެލަވަންސް: -/2،500 ރުފިޔާ

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/110 ރުފިޔާގެ ރޭޓުން.

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/175 ރުފިޔާގެ ރޭޓުން.

- އަތޮޅުތަކުން ފޮނުވަންޖެހޭ ޓެކްސް ބަޔާނާއި ފައިސާއާއި ފައިސާއާބެހޭ ރިޕޯޓުތައް ފޮނުވާތޯ ބެލުމާއި، އެތަކެތި ނުފޮނުވާ އަތޮޅުތަކަށް ގުޅައިގެން ރިޕޯޓުތަކާއި ފައިސާ ހޯދުމާއި، މީރާގެ ބްރާންޗް އޮފީސްތަކުގެ މަސައްކަތްތައް ހިނގާގޮތް ބެލެހެއްޓުން.

ޝަރުޠު:

- އެކައުންޓިންގ، ފައިނޭންސް ނުވަތަ ބިޒްނަސްއާ ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ އެފްލިއޭޓް ލެވެލް ނުވަތަ ސީ.އައި.އެމް.އޭ ސްޓްރެޓެޖިކް ލެވެލް ނިންމާފައިވުން.

- މީހުން ހޮވުމުގައި، އެކައުންޓިންގ ނުވަތަ ފައިނޭންސް ދާއިރާއިން ޕްރޮފެޝަނަލް ކޮލިފިކޭޝަނެއް އޮތް ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އެހެނިހެން ޝަރުޠުތައް

  1. މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވައި އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރުމާއި،  މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަޞްލަޙަތު ފުށުއަރާފަދަ އަމިއްލަ އެއްވެސް މަސައްކަތެއް ނުކުރުން.
  2. ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ހަރަކާތްތެރިނުވުމާއި، އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  3. ސަރުކާރު ޙިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  4. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
  5. ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި ފަރާތެއް ކަމުގައި ނުވުން.
  6. ވަޒީފާގައި މަދުވެގެން 2 އަހަރު ދުވަހު ދެމިހުންނާނެކަމަށް އިޤުރާރުވުން.

މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައިމިވާ މަޢުލޫމާތު ހުށަހަޅަންވާނެއެވެ.

  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު.
  2. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.
  3. ކަރިކިއުލަމް ވިޓާ (ސީވީ).
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް)).

ނޯޓް:

- މަތީގައިވާ މަޤާމުތަކުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ އަދި ތަޢުލީމީގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

- މި މަޤާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި، މަސައްކަތާގުޅޭ ތަޖުރިބާއަށާއި،  އިންޓަވިއުއަށް ބަލައި، އެންމެމަތިން މާރކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު، ވޭތުވެދިޔަ 5 އަހަރު ދުވަހު  ކުށުގެ އެއްވެސް ރިކޯޑެއް ނުވާނަމައެވެ.

މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ސެޕްޓެންބަރު 2014 ގެ 17:00 ގެ ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. ފޯމު، މި އޮތޯރިޓީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެން ހުންނާނެއެވެ..

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 1415، ފެކްސް: 3316577

އީމެއިލް: [email protected]   ވެބްސައިޓް: www.mira.gov.mv

29 ޝައްވާލް 1435 

25 އޮގަސްޓް 2014