ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)1-CSO(FM)/1/2022/22
ޕަބްލިޝްކުރި ތާރީޚް: 14 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 17 މާރިޗު 2022 10:30
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހަށް ބޭނުންވާ ލެޕްޓޮޕް ވިއްކާނެ ފަރާތެއް ހޯދުން

އިޢުލާނު

 މި އޮފީހަށް ބޭނުންވާ ލެޕްޓޮޕް ވިއްކާނެ ފަރާތެއް ހޯދުން

 މި އޮފީހަށް ބޭނުންވާ 3 (ތިނެއް) މައިކްރޯސޮފްޓް ސަރފޭސް ލެޕްޓޮޕް ވިއްކާނެ ފަރާތެއް ހޯދުމަށް 1 މާރިޗު 2022 ގައި ކުރި، މި އޮފީހުގެ ނަންބަރު (IUL)1-CSO(FM)/1/2022/18 އިޢުލާނާ ގުޅިގެން، އަންދާސީހިސާބު ހުށަހެޅުމަށް 3 ފަރާތުން ޙާޟިރުވެފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

 މި ކަމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓަރީވުމަށް، 2022 މާރިޗު 17 ވާ ބުރާސްފަތި ދުވަހުގެ 10:30 ގެ ކުރިން މި އިޢުލާނުގައިވާ މެއިލް އެޑްރެހަށް ތިރީގައިވާ މަޢުލޫމާތާއެކު މެއިލް ކުރުން އެދެމެވެ. މަޢުލޫމާތު ފުރިހަމަ ނުވާ އަދި މުއްދަތު ހަމަވުމުގެ ފަހުން، ރަޖިސްޓަރީވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.

ކުންފުނީގެ ނަން:

ބިޑު ހުށަހެޅުމަށް އަންނަ ފަރާތުގެ ނަން:

އީމެއިލް:

ފޯނު ނަންބަރު:

 ބީލަމުގައި ރަޖިސްޓަރީ ވުމަށާއި މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް މެއިލްކުރުން އެދެމެވެ.

 ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2022 މާރިޗު 17 ވާ ބުރާސްފަތި ދުވަހުގެ 10:30 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީ ވުމަށްފަހު، 2022 މާރިޗު 23 ވާ ބުދަ ދުވަހުގެ 10:30 އަށް މި އޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސްތައް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.     

 11 ޝަޢުބާން 1443

 

14 މާރިޗު 2022