ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)220-HRA/1/2014/95
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 15:30
ސުންގަޑި: 18 ސެޕްޓެންބަރު 2014 17:00
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި އޮތޯރިޓީއަށް ތިރީގައިމިވާ މަޤާމުތަކަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު:

މެނޭޖަރ، ހިއުމަން ރިސޯސަސް (ލެވެލް 1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ ޔުނިޓް:

ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް/ހިއުމަން ރިސޯސަސް ޔުނިޓް

އަސާސީ މުސާރަ:

-/10،000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

ލިވިންގ އެލަވަންސް: -/3،500 ރުފިޔާ

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/170 ރުފިޔާގެ ރޭޓުން ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/200 ރުފިޔާގެ ރޭޓުން

 

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

- ހިއުމަން ރިސޯސަސް ޔުނިޓުގެ އެންމެހައި މަސައްކަތްތައް ހިންގާ ބެލެހެއްޓުން.

- މުވައްޒަފުންނަށް ބޭނުންވާ ޓްރޭނިންގ ޕްރޮގްރާމްތައް ކުރިއަށްގެންދިއުމާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޓްރޭނިންގތައް އިންތިޒާމްކޮށް ކުރިއަށްގެންދިއުން.

- ވަޒީފާ ދިނުމާއި، ވަޒީފާއިން ވަކިކުރުމާއި، ޕްރޮމޯޝަން ދިނުމާއި،  ހިއުމަން ރިސޯސްގެ އެހެނިހެން ފަންކްޝަންތައް ހިންގައި ބެލެހެއްޓުން.

- މުވައްޒަފުންނަށް މުސާރަދިނުމާބެހޭ މަސައްކަތް ކުރުން.

ޝަރުޠު:

- ހިއުމަން ރިސޯސަސް ދާއިރާއިން ނުވަތަ މެނޭޖްމަންޓް ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން، ނުވަތަ

- ހިއުމަން ރިސޯސަސް ދާއިރާއިން ނުވަތަ މެނޭޖްމަންޓް ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުމާއި، މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށް 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

- މި މަޤާމަށް މީހުން ހޮވުމުގައި، ހިއުމަން ރިސޯސް ދާއިރާއިން ބެޗެލަރސް ޑިގްރީ/މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މަޤާމު:

މެނޭޖަރ، ރިޓަރން ޕްރޮސެސިންގ (ލެވެލް 1) ނުވަތަ

ޕްރިންސިޕަލް އޮފިސަރ، ރިޓަރން ޕްރޮސެސިންގ (ލެވެލް 1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޔުނިޓް:

ރިޓަރން އެންޑް ޕޭމަންޓް ޕްރޮސެސިންގ ޑިޕާޓްމަންޓް/ރިޓަރން ޕްރޮސެސިންގ ޔުނިޓް

އަސާސީ މުސާރަ:

ޕްރިންސިޕަލް އޮފިސަރ: -/8،000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

ލިވިންގ އެލަވަންސް: -/3،000 ރުފިޔާ

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/130 ރުފިޔާގެ ރޭޓުން.

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/200 ރުފިޔާގެ ރޭޓުން.

 

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

- ރިޓަރން ޕްރޮސެސިންގ ޔުނިޓުގެ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުން.

- އޮތޯރިޓީއަށް ލިބޭ ޓެކްސް ރިޓަރންތައް ޗެކުކޮށް، ސިސްޓަމުގައި ޕްރޮސެސްކޮށް ޑޭޓާ ވެރިފައިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އެ މަސައްކަތް ސުޕަވައިޒްކުރުން.

ޝަރުތު:

- އެކައުންޓިންގ، ފައިނޭންސް، ނުވަތަ ބިޒްނަސް ދާއިރާއިން ބެޗްލަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ އެފްލިއޭޓް ލެވެލް ނިންމާފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށް 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމު:

މެނޭޖަރ، ޓެކްނިކަލް ސަރވިސް (ލެވެލް 1) ނުވަތަ

ޕްރިންސިޕަލް އޮފިސަރ، ޓެކްނިކަލް ސަރވިސް (ލެވެލް 1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޔުނިޓް:

ޓެކްނިކަލް އެންޑް ލީގަލް ސަރވިސް ޑިޕާޓްމަންޓް/ޓެކްނިކަލް ސަރވިސް ޔުނިޓް

އަސާސީ މުސާރަ:

ޕްރިންސިޕަލް އޮފިސަރ: -/8،000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

ލިވިންގ އެލަވަންސް: -/3،000 ރުފިޔާ

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/130 ރުފިޔާގެ ރޭޓުން

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/200 ރުފިޔާގެ ރޭޓުން

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

- ޓެކްނިކަލް ޔުނިޓުގެ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުން.

- އޮތޯރިޓީގެ ބޭނުމަށް ހަދަންޖެހޭ ޤާނޫނުތަކުގެ ބިލު، ގަވާއިދު، އުސޫލު، ޓެކްސް ރޫލިންގފަދަ ލިޔުންތައް ތައްޔާރުކުރުމާއި، ޓެކްސް މުޢާހަދާތަކާއި އެހެނިހެން ޓެކްނިކަލް ލިޔުންތައް ތައްޔާރުކުރުމާއި، ކަމާގުޅޭ މަސައްކަތްތައްކުރުމާއި، އެ މަސައްކަތް ސުޕަވައިޒްކުރުން.

ޝަރުތު:

- އެކައުންޓިންގ، ފައިނޭންސް، އިކޮނޮމިކްސް ނުވަތަ ބިޒްނަސް ދާއިރާއިން ބެޗްލަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ އެފްލިއޭޓް ލެވެލް ނިންމާފައިވުމާއެކު، މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށް 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމު:

ޕްރިންސިޕަލް އޮފިސަރ، ޓެކްސް ޓްރޭނިންގ ސެންޓަރ (ލެވެލް 1)

ވަޒީފާ އަދާކުރަންޖެހޭ ޑިޕާޓްމަންޓް/ޔުނިޓް:

ޓެކްސްޕޭޔަރ އެޑިއުކޭޝަން އެންޑް ފެސިލިޓޭޝަން ޑިޕާޓްމަންޓް/ ޓެކްސްޕޭޔަރ އެޑިއުކޭޝަން އެންޑް ފެސިލިޓޭޝަން ޔުނިޓް (ޓެކްސް ޓްރޭނިންގ ސެންޓަރ ސެލް)

އަސާސީ މުސާރަ:

ޕްރިންސިޕަލް އޮފިސަރ: -/8،000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

ލިވިންގ އެލަވަންސް: -/3،000 ރުފިޔާ

ނޮން-ޕްރެކްޓިސިންގ އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/300 ރުފިޔާގެ ރޭޓުން

ސަރވިސް އެލަވަންސް: ގަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/200 ރުފިޔާގެ ރޭޓުން

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު:

- ޢާންމުންނަށާއި ޓެކްސް ދައްކާ ފަރާތްތަކަށް ޓެކްސްތަކާބެހޭ މަޢުލޫމާތު ފޯރުވައިދިނުމަށް ޓެކްސް ޓޭރޭނިންގ ސެންޓަރުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ހިންގައި ބެލެހެއްޓުން.

- އޮތޯރިޓީގެ މުވައްޒަފުންނަށް ޓެކުހާބެހޭ މަޢުލޫމާތު ފޯރުވައިދިނުމަށް ތަމްރީން ޕްރޮގްރާމްތައް ރާވައި ހިންގުން.

- ޓްރޭނިންގތަކަށާއި،  ޓެކްސްދައްކާ ފަރާތްތަކަށް ބޭނުންވާ ޕްރެޒެންޓޭޝަންތައް، އިންފޮރމޭޝަން ބުކްލެޓް، މެނުއަލް، ގައިޑް ފަދަ ލިޔެކިޔުންތައް ތައްޔާރުކޮށް އާންމުކުރުން.

ޝަރުތު:

-އެކައުންޓިންގ، ފައިނޭންސް ނުވަތަ ބިޒްނަސް ދާއިރާއިން ބެޗްލަރސް ޑިގްރީ ނުވަތަ އޭ.ސީ.ސީ.އޭ އެފްލިއޭޓް ލެވެލް ނިންމާފައިވުމާއެކު، މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތްކޮށް 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޝަރުތުތައް

  1. މި އޮތޯރިޓީގައި އަދާކުރާ ވަޒީފާ ފިޔަވައި އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރުމާއި،  މި އޮތޯރިޓީގައި އަދާކުރާ ވަޒީފާއާއި މަޞްލަޙަތު ފުށުއަރާފަދަ  އަމިއްލަ އެއްވެސް މަސައްކަތެއް ނުކުރުން.
  2. ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ހަރަކާތްތެރިނުވުމާއި، އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  3. ސަރުކާރު ޙިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  4. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކު ކަމުގައި ނުވުން.
  5. ވަޒީފާއަށް ކުރިމަތިލާ މީހާއާ މި އޮތޯރިޓީގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއްހުރި ފަރާތެއް ކަމުގައި ނުވުން.
  6. ވަޒީފާގައި މަދުވެގެން 2 އަހަރު ދުވަހު ދެމިހުންނާނެކަމަށް އިޤުރާރުވުން.

މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައިމިވާ މަޢުލޫމާތު ހުށަހަޅަންވާނެއެވެ.

  1. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު.
  2. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް.
  3. ކަރިކިއުލަމް ވިޓާ (ސީވީ).
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި އިސްމުވައްޒަފަކު ނުވަތަ ސުޕަވައިޒަރަކު، އެ ފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް (ރެކަމެންޑޭޝަން ލެޓަރ (އޮޕްޝަނަލް)).

ނޯޓް:

- މަތީގައިވާ މަޤާމުތަކުގެ އިންޓަރވިއުއަށް ދަޢުވަތުދެވޭނީ، ޝަރުތުހަމަވާ،  ތަޢުލީމީގޮތުން އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

- މި މަޤާމުތަކަށް މީހުން ހޮވޭނީ ތަޢުލީމީ ފެންވަރަށާއި، މަސައްކަތާގުޅޭ ތަޖުރިބާއަށާއި، އިންޓަވިއުއަށް ބަލައި، އެންމެމަތިން މާރކްސް ލިބޭ ފަރާތެއްގެ މައްސަލަ ބަލާ ފޯމު ފުރުމަށްފަހު، ވޭތުވެދިޔަ 5 އަހަރު ދުވަހު  ކުށުގެ އެއްވެސް ރިކޯޑެއް ނެތްނަމައެވެ.

މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 18 ސެޕްޓެންބަރު 2014 ގެ 17:00 ގެ ކުރިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. ފޯމު، މި އޮތޯރިޓީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ.

ފޯނު: 1415، ފެކްސް: 3316577

އީމެއިލް: [email protected]   ވެބްސައިޓް: www.mira.gov.mv

 

29 ޝައްވާލް 1435 

25 އޮގަސްޓް 2014