ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)197-A1/1/2022/13
ޕަބްލިޝްކުރި ތާރީޚް: 14 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 13:10
ސުންގަޑި: 27 މާރިޗު 2022 12:00
ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
ކޯޓު އޮފިސަރ

ވަޒީފާގެ ފުރުޞަތު

 (IUL)197-A1/1/2022/13 :ނަންބަރު

ތާރީޚް: 14 މާރިޗު 2022

މަޤާމް

ކޯޓު އޮފިސަރ

ރޭންކް: ޖީ.އެސް 3

ޢަދަދު

01 (އެކެއް)

 

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

 

މަސައްކަތްކުރަންޖެހޭ ތަން

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

އަސާސީ މުސާރަ

4,465/- ރުފިޔާ

މަޤާމަށް ލެބޭ އެލަވަންސް

  • ޖުޑީޝަލް އެލަވަންސް: 2,232.50ރ (އަސާސީ މުސާރައިގެ %50)
  • ސަރވިސް އެލަވަންސް: 1,500/-
  • ލިވިންގ އެލަވަންސް: 3,000/-
  • ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.

އަސާސީ ޝަރުޠު

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނާކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑްރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑްރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ،
  2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތުތައް

  • ޝަރުޢީ ސެކްޝަންތަކުން މައްސަލަތައް ތާވަލްކުރުމުން ކޭސް ޝެޑިއުލް ތައްޔާރުކޮށް ޢާއްމުކުރުމާއި ކަމާބެހޭ ސެކްޝަންތަކަށް އެންގުން.
  • ޝަރުޢީ ސެކްޝަންތަކުން އެދޭ ގޮތެއްގެ މަތިން ކޯޓަށް ޙާޟިރުވުމުގެ އަމުރުތަކަށް ނަންބަރުދީ، ކޯޓުން ނެރޭ އަމުރުތަކުގެ ރެކޯޑު ބެލެހެއްޓުން.
  • ތާވަލްކުރެވޭ މައްސަލަތަކުގެ ޝަރީޢަތުގެ މަޖިލީހުގެ އެންމެހާ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން، މައްސަލަތަކުގެ ތާވަލާއި އެއްގޮތަށް ޝަރީޢަތުގެ މަޖިލިސް ތައްޔާރުކުރުމާއި، ޝަރީޢަތަށް ޙާޟިރުވާ ފަރާތްތަކުގެ ކަންކަން ޝަރުޢީ ސެކްޝަންތަކުން އަންގާ ގޮތެއްގެ މަތިން ހަމަޖެއްސުން.
  • މައްސަލައިގެ ގަޑިޖެހުމުގެ ކުރިން އެދުވަހުގެ މައްސަލަ ހިންގުމަށް ބޭނުންވާނޭ ހުރިހާ އިންތިޒާމް ތަކެއް ހަމަޖެހިފައިވޭތޯ ބެލުން.
  • ޝަރީޢަތް ހިންގުމަށް ބޭނުންވާ ހުރިހާ ލިޔުންތައް ހަމަޔަށް ހުރިތޯ ކަށަވަރުކުރުމަށްފަހު އެއްވެސް މައްސަލައެއް ފާހަގަ ކުރެވޭނަމަ ރިޔާސަތު ބަލަހައްޓަވާ ޝަރުޢީ ސެކްޝަންގެ ލީގަލް އޮފިސަރުގެ ލަފާގެ މަތިން އެކަމެއް ޙައްލުކުރުން.
  • ޝަރީޢަތް ހިންގުމައްޓަކައި ހާޟިރުކުރަންޖެހޭ މީހުން ކަނޑައެޅިފައިވާ ވަގުތަށް ޝަރީޢަތުގެ މަޖިލީހަށް ވެއްދުމުގެ އިންތިޒާމް ހަމަޖެއްސުމާއެކު ކަނޑައެޅިފައިވާ ވަގުތަށް ޝަރީޢަތް ފެށުމަށްޓަކައި ކުރަންޖެހޭ އެންމެހާ އިދާރީ ކަންތައްތައް ކުރުން.
  • ޝަރީޢަތުގެ މަޖިލިސް ހިނގަމުންދާ ވަގުތު ޝަރީޢަތުގެ މަޖިލިސްގެ އަދަބާއި ޚިލާފްކަމެއް އެއްވެސް މީހެއްގެ ފަރާތުން ފެނިއްޖެނަމަ ނުވަތަ އެފަދަ އަމަލެއް ކުރަން އުޅޭނަމަ އެކަން ހުއްޓުވައި އެމީހަކާމެދު ކަނޑައެޅިފައިވާ އުސޫލުން އަމަލުކުރުން.
  • ޝަރީޢަތުގެ މަޖިލީހުގައި ހިނގާ ކަންކަމުގެ މަޢުލޫމާތު ސުޕަވައިޒަރަށް އެރުވުމާއެކު ކޭސް ރަޖިސްޓްރީ އަޕްޑޭޓް ކުރުން.
  • ކޯޓުގައި ހިންގާ ޝަރީޢަތްތައް ރެކޯޑު ކުރުމުގެ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުމާއި މައްސަލަތަކުގެ ރެކޯޑިނގްތައް ޢާއްމުކުރުމަށްޓަކައި ކަމާބެހޭ ސެކްޝަންތަކަށް ފޮނުވުން.
  • ކޯޓުގައި ބޭއްވޭ ޝަރީޢަތްތަކުގެ ބަޔާންތައް ޓައިޕްކުރުމުގައި އެހީތެރިވުން.
  • މައްސަލަތަކާ ގުޅިގެން ޗުއްޓީ ހޯދުމަށް އެދޭ ފަރާތްތަކަށް ޝަރުޢީ ސެކްޝަންތަކުގެ މަޝްވަރާގެ މަތިން ޗުއްޓީ ހަމަޖެއްސުމާއި ޑިވިޜަން އިން ތައްޔާރުކުރާ ޗުއްޓީއަށް އެދިފައިވާ ފަރާތްތަކުގެ މަޢުލޫމާތު ޝީޓު ރަޖިސްޓްރަރ އަށް ދަންނަވައި ދުވަހުން ދުވަހަށް އަޕްޑޭޓްކުރުން.
  • ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުތައް ތައްޔާރުކުރުން.
  • ކޯޓުރޫމް މެނޭޖްމަންޓް އެންޑް ކޭސް ރިޕޯޓިންގއިން ބަލަހައްޓަންޖެހޭ ތަފާސްހިސާބުތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  • ސެކްޝަނަށް އަންނަ ލިޔުންތަކާއި ސެކްޝަނުން ފޮނުވާ ލިޔުންތަކުގެ ފައިލް ތައްޔާރުކޮށް ބެލެހެއްޓުން.
  • މި ނޫނަސް ލީގަލް އެންޑް ކޯޓު ސަރވިސް ޑިވިޜަންގެ މަސައްކަތްތައް ހަލުވިކުރުމަށްޓަކައި ރަޖިސްޓްރާރ ޙަވާލުކުރާ މަސައްކަތްތައް ކުރުން.

ތަޢުލީމީ ރޮނގު

އެޑްމިނިސްޓްރޭޝަން ދާއިރާ / ޤާނޫނީ ދާއިރާ

ގުޅޭ ވަޒީފާގެ ދާއިރާތައް

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން
  • މެނޭޖްމަންޓް
  • ޝަރީޢާ / ޤާނޫނު

ހުށަހަޅަންޖެހޭ ތަކެތި

  1. ފުރިހަމަކޮށްފައިވާ ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމު
  2. ކުރިމަތިލާ ފަރާތުގެ ވަނަވަރު
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  5. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
  6. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތަޢުލީމު ދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ  ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
  7. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ

ސުންގަނޑި

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މި ކޯޓުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު
2022 މާރިޗު 27 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މި ކޯޓަށް ހުށަހެޅުއްވުން ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޯމާއެކު ހުށަހަޅާ ލިޔުންތައް ހަމަތޯ ޗެކްކުރުމަކީ އީމެއިލްކުރާ ފަރާތެއްގެ ޒިންމާއެކެވެ. އަދި ފޯމާއެކު ހުށަހަޅާ ލިޔުންތައް ހަމަނުވާނަމަ، އެފޯމެއް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

  • އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (PDF ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.)

އެހެނިހެން ޝަރުތު

1-      ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީ ގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅި ކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.

2-      ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް މި ކޯޓުގެ މުވައްޒަފަކަށް ހުރި ފަރާތެއްކަމުގައި ނުވުން.

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ރަސްމީ ދުވަހާއި ބަންދު ދުވަސްތަކުގައިވެސް ގިނަވަގުތު އޮފީހުގެ މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން.
  • އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތް ކުރަން އެނގޭ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް ފަދަ ޕްރޮގްރާމްތައް ފަރިތަކަމާއިއެކު ބޭނުން ކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
  • އިނގިރޭސި ބަހާއި ދިވެހިބަހުގެ ހަމަތަކާއި، އުޞޫލުތަކާ އެއްގޮތަށް ލިޔުންތައް ތައްޔާރުކުރުމުގެ ޤާބިލްކަން ހުރިފަރާތަކަށްވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:

ކޮމްޕިޓަންސީ ދާއިރާ

މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)

ތަޢުލީމް

30%

މަސައްކަތު ތަޖުރިބާ

10%

މަސައްކަތަށް ބޭނުންވާ ހުނަރު

10%

އިންޓަރވިއު

50%

 

އިތުރު މަޢުލޫމާތު

  • އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3009990
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.
  • މި ކޯޓުގެ ވަޒީފާއަށްއެދޭ ފޯމް މި ކޯޓުގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެއެވެ. މި ކޯޓުގެ ވެބްސައިޓްގެ އެޑްރެހަކީ www.supremecourt.mv  އެވެ. އަދި ބޭނުންވާ ފަރާތްތަކަށް މި ކޯޓުގެ ކައުންޓަރުން ފޯމު ލިބެންހުންނާނެއެވެ.
14 މާރިޗު 2022