ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)328-RM/INDIV/2022/07
ޕަބްލިޝްކުރި ތާރީޚް: 13 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 11:13
ސުންގަޑި: 22 މާރިޗު 2022 00:00
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިއްގާ ގަހެއްގެ ވެރިފަރާތެއް ހޯދުން

ޅ. ކުރެންދޫ އަސުރުމާގެ ކިޔާ ގޯތީގެ ހުޅަނގު އުތުރު ކަނާއި ދިމާއިން މަގުމަތީގައި، އުރީދޫ ސައިޓްގެ އިރުމަތީ ފަރާތު މަގުގެ އުތުރުކޮޅުގައި ހުރި ދިއްގާ ގަހުގެ ވެރިފަރާތެއް ހޯދުމަށް މިއިދާރާއިން ކޮށްފައިވާ ނަމްބަރު: (IUL)328-RM/INDIV/2022/05 އިޢްލާނަށް މުއްދަތު ހަމަވި އިރު، އެގަހުގެ ވެރިފަރާތަކާބެހޭ މަޢްލޫމާތު އެއްވެސް ފަރާތަކުން މިއިދާރާއަށް ހުށަހަޅާފައެއް ނުވެއެވެ. އެގަހުގެ ސަބަބުން އެސަރަހައްދުގެ ގޭގެއަށާއި މަގު ބޭނުން ކުރާ ފަރާތްތަކަށް އިންތިހާއަށް ދަތިވަމުން ދާކަމުގެ ޝަކުވާ މިއިދާރާއަށް ދަނީ ލިބެމުންނެވެ. އެގަހުގެ ވެރިފަރާތުން އެގަސްދޮށް ކުނިކަހާ ސާފުކޮށް ނުގެންދާކަން ފާހަގަކުރަމެވެ. އެގަހުގެ ވެރިފަރާތެއް ނުވަތަ ވެރިފަރާތްތަކެއް ވާނަމަ، 22 މާރޗް 2022ވާ އަންގާރަ ދުވަހުގެ 14:00ގެކުރީން ބުޑާއެކު، އެގަސް، ނަންގަވާ ބިންސާފު ކުރެއްވުމަށް އަންގަމެވެ. މިމުއްދަތު ހަމަވާއިރު، ގަހުގެ ވެރިފަރާތުން ނުވަތަ ވެރިފަރާތްތަކުން އެ ގަސް ނުނަންގަވައިފިނަމަ، ކުނީގެގޮތުގައި އެގަސް ނައްތާލެވޭނެއެވެ. އެކަމުގެ ސަބަބުން ގަހުގެ ވެރިފަރާތަށް ލިބިދާނެ މަދަނީ ގެއްލުމަކަށް މިއިދާރާއިން ޒިންމާ ނުއުފުލާނެ ކަންވެސް އެގަހުގެ ވެރިފަރާތަށް ނުވަތަ ވެރިފަރާތްތަކަށް އަންގަމެވެ. މިއީ އެގަހުގެ ވެރިފަރާތެއް ހޯދުމަށްޓަކައި ދެވަނަ ފަހަރަށް ކުރާ އިޢްލާނެވެ.

 

         މިހެންވެ މިކަން ޢާއްމު އަންގާ އިޢްލާން ކުރީމެވެ. 

13 މާރިޗު 2022