ކުއްޔަށް ހިފުން
ނަންބަރު: (IUL)328-RM/INDIV/2022/09
ޕަބްލިޝްކުރި ތާރީޚް: 13 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 11:08
ސުންގަޑި: 16 މާރިޗު 2022 00:00
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
03 ކޮޓަރީގެ ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ.

މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ފަރާތުން ކުރެންދޫގައި ހިންގުމަށް ހަމަޖެހިފައިވާ، ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫޢްގެ މުވައްޒަފުން ތިބުމަށްޓަކައި  03 މަސްދުވަހުގެ މުއްދަތަށް 03 ކޮޓަރި، 03 ފާޚާނާ، ބަދިގެ (ކާތަން ހިމެނޭ ގޮތަށް) އަދި ސިޓީންގރޫމާއެކު ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ.

 

         ވީމާ، 03ކޮޓަރީގެ އެޕާރޓްމެންޓެއް ނުވަތަ ގެއެއް ކުއްޔަށް ދެއްވުމަށް ޝަޢްޤުވެރިވެލައްވާ ފަރާތްތަކުން، މިއިދާރާއަށް ވަޑައިގެން ފޯމް ނެންގުމަށްފަހު، 16 މާރޗް 2022ވާ ބުދަ ދުވަހުގެ 13:30އަށް މިއިދާރާއަށް ފޯމް ހުށަހެށުއްވުން އެދެމެވެ. ފޯމް އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައިގައެވެ. ސިޓީ އުރައިގެ ބޭރުގައި، "03 ކޮޓަރީގެ ގެއެއް ކުއްޔަށް ދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. ސުންގަޑީގެ ކުރީންނާއި ފަހުން ފޯމް ބަލައިގަތުމެއް ނޯންނާނެއެވެ.

 

         މިހެންވެ މިކަން ޢާއްމު އަންގާ އިޢްލާން ކުރީމެވެ. 

13 މާރިޗު 2022