ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ:
މި މިނިސްޓްރީގެ ދަށުން 19 އަތޮޅެއްގައި ހިންގަމުންގެންދާ ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރާއި، ކުޑަކުދިންގެހިޔާ އަދި ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ބެހެއްޓުމަށް ބޭނުންވާ އަލިފާން ނިއްވާ އާލާތްތައް ފޯރުކޮށްދިނުން އަދި ރީފިލްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެގެން ކުރެވުނު ނަންބަރު (IUL)459-PL/459/2022/25 އިޢުލާނަށް ހުށަހަޅިފައިވާ އަންދާސީ ހިސާބުގެ ބާޠިލްވެފައިވާތީ އަލުން މި ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މި އިޢުލާނުގައި އެޓޭޗްކުރެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް އަންދާސީ ހިސާބު ތައްޔާރުކުރައްވައި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންދެއްވުމަށް ދަޢުވަތު އަރުވަމެވެ.
މި އިޢުލާނުގައި މައުލޫމާތު ޝީޓު އެޓޭޗްކުރެވިފައިވާނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަށް އަދި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާތިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.
|
ތާރީޚް |
ދުވަސް |
ގަޑި |
ތަން |
އަންދާސީ ހިސާބު ހުށައެޅުއްވުން |
21 މާރިޗު 2022 |
ހޯމަ |
10:00 |
މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސް މ.ސީޓްރެކް ބިލްޑިންގ (07 ވަނަ ފަންގިފިލާ) / ގުރާބުތުނޑި ހިގުން |