މަޤާމު
|
ލޭބަރ
|
ބޭނުންވާ ޢަދަދު
|
8 ( އަށެއް )
|
ވަޒީފާގެ ބާވަތް
|
ކޮންޓްރެކްޓް، 01 އަހަރު ދުވަހުގެ މުއްދަތަށް
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ސިވިލް ޑިޕާރޓްމެންޓް / ފުނައްޑޫ ޕްރޮޖެކްޓް
|
މުސާރަ:
|
8019.00 ރުފިޔާ
|
އިތުރު ޢިނާޔަތްތައް:
|
- އިތުރުގަޑީގައި ނުވަތަ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑިއާއި އަދި ބަންދު ދުވަހުގެ ފައިސާ ދެވޭނެއެވެ.
|
ޝަރުޠު:
|
- ލިޔަން ކިޔަން ދަތުމާއެކު، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަދަ ސިއްޚަތެއްގައި ހުރިމީހަކަށްވުން
|
މަޤާމުގެ މަސްޢޫލިއްޔަތު:
|
- ރޭނުމުގެ މަސައްކަތުގައި މޭސަނަށް އެހީތެރިވެ ދިނުން
- ދަވާދާއި ކުލަލުމުގެ މަސަކަތް ކުރުން
- ކޮންކްރީޓް މަސަކަތާއި މުށިޖެހުމުގެ މަސައްކަތް އަދި ސިމެންތީގެ މަސައްކަތް ކުރުން
- މަސައްކަތުގައި ގެންގުޅޭ ސާމާނު ދޮވެ ސާފުކުރުމާއި ރައްކާތެރިކަމާއެކު ބެލެހެއްޓުން
- މަސައްކަތްކުރާ ސައިޓުތަކަށް މަސައްކަތަށް ބޭނުންވާ ސާމާނު ގެންދިއުމާއި އެތަކެތި ޒިންމާދާރުކަމާއެކީ ބެލެހެއްޓުން / ރައްކާކުރުން
- މަސައްކަތުގެ މާހައުލުގައި ސައިޓު ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރުން
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:
|
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.
|
އިންޓަރވިއުކުރުން:
|
އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.
|
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).
- ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).
|
ތަކެތި ހުށަހަޅަންޖެހޭ އޮފީސް:
|
- އެޕްލިކޭޝަން ހުށަހަޅާނީ މިފްކޯ ހެޑްއޮފީސް ރިސެޕްޝަންއަށް ނުވަތަ އީމެއިލ ކުރައްވާނީ [email protected]އަށެވެ.
- ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 15 މާރިޗު 2022 ވާ އަނގާރަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން
- މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
|
|