ދިވެހިރާއްޖެ
މާލެ ސިޓީ ކައުންސިލްގެ ނަންބަރ (IUL)425-CB/1/2022/78 (02 މާރިޗު 2022) ގެ އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.
އެ އިޢުލާނުގައި ބަޔާންކޮށްފައިވާ މާލެ ސިޓީގައި ރަމަޟާން މަހަށް ހާއްސަކޮށްގެން އެޅުމަށް ހަމަޖެހިފައިވާ ވަގުތީ މާރުކޭޓު ގޮޅިއަށް ކުރިމަތިލުމަށް އެދި ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 10 މާރިޗު 2022 ވަނަ ދުވަހު 12:00 ކަމުގައި ވީ ނަމަވެސް، އެ މުއްދަތު އިތުރު ކޮށްދިނުމަށް ގިނަ ފަރާތްތަކަކުން އެދެމުންދާތީ، މާލެ ސިޓީގައި ރަމަޟާން މަހަށް ހާއްސަކޮށްގެން އެޅުމަށް ހަމަޖެހިފައިވާ ވަގުތީ މާރުކޭޓު ގޮޅިއަށް ކުރިމަތި ލުމުގެ މުއްދަތު 20 މާރިޗު 2022 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް އިތުރު ކޮށްފީމެވެ.
މިގޮތުން މާލެ ސިޓީގައި އެޅުމަށް ހަމަޖެހިފައިވާ ވަގުތީ މާރުކޭޓު ގޮޅިއަށް ކުރިމަތި ލުމުގެ ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 20 މާރިޗު 2022 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ކަމުގައި ދަންނަވަމެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.