ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-CB/1/2022/93
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 23:48
ސުންގަޑި: 18 މާރިޗު 2022 00:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިލިމާލެ ސިނާޢީ ސަރަޙައްދުން ވިލިމާލެ އަދި މާލެ ސިޓީގެ ރައްޔިތުންގެ ތެރެއިން އިޤްތިސާދީ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިން ކުއްޔަށްދޫކުރުމާއި ގުޅޭ

16 ފެބުރުވަރީ 2022 ވީ ބުދަ ދުވަހު ބޭއްވުނު މާލޭ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގު 40 ވަނަ ރަސްމީ ޢާއްމު ޖަލްސާ އިން ވިލިމާލޭ ޞިނާޢީ ސަރަޙައްދުގައި މިވަގުތު ހުސްކޮށް ހުރި 13 ސްލޮޓްގެ ތެރެއިން ސިނާއީ މަސައްކަތްތައް ކުރާ ފަރާތްތްކުގެ ތެރެއިން ވިލިމާލެ ރައްޔިތުންނަށް 06 ސްލޮޓް އަދި މާލެ ސިޓީގެ ރައްޔިތުންނަށް 07 ސްލޮޓް ދޫކުރުމަށް ވަނީ ނިންމާފައެވެ. ވިލިމާލޭ ޞިނާޢީ ސަރަޙައްދުގައި ހުސްކޮށް ހުރި ސްލޮޓްތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައި، މި ސަރަހައްދުން ބިން ދޫކުރާނެ ގޮތުގެ އުސޫލު މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ. ވީމާ، ވިލިމާލެ ސިނާޢީ ސަރަހައްދުން ބިން ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅާ ސިޓީ ބަލައިގަތުމަށް ހަމަޖެހިފައިވަނީ 27 މާރިޗު 2022 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް މާލޭ ސިޓީ ކައުންސިލް އެޑްމިނިސްޓްރޭޝަން ސެކްޝަން (އެމް.ޑަބްލިޔު.އެސް.ސީ ކަސްޓަމަރ ސަރވިސް ބިލްޑިންގ 04 ވަނަ ފަންގިފިލާ) އިންނެވެ.

10 މާރިޗު 2022