ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 16:14
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް އިތުރު ކުންފުނިތަކަށް ހުއްދަ ދިނުން
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގެ ނަންބަރު (IUL)142-C2/142/2022/67 (10 ފެބުރުވަރީ 2022) އަދި (IUL)142-C2/142/2022/77 (27 ފެބުރުވަރީ 2022) ގެ އިޢުލާނުގެ ދަށުން ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނިތައް ތިރީގައި އެވަނީއެވެ.
# |
ކުންފުނީގެ ނަން |
1 |
ޒާއިރު ޕްރައިވެޓް ލިމިޓެޑް |
2 |
ރައުޟާ ޕްރައިވެޓް ލިމިޓެޑް |
3 |
އުޙުދު ޙައްޖު އެންޑް ޢުމްރާ |
4 |
އަލް މުސާފިރު ޕްރައިވެޓް ލިމިޓެޑް |
މި ކުންފުނިތަކުގެ އިތުރުން، ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ އޮންނަ ކުންފުނިތަކުގެ މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓްގައި އާންމުކޮށްފައިވާނެއެވެ. ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުޞޫލުގެ 4 ވަނަ މާއްދާގެ (ށ) ވާ ގޮތުގެ މަތިން މި ހުއްދައިގެ މުއްދަތަކީ 2 (ދޭއް) އަހަރު ދުވަސް ކަމުގައި ދަންނަވަމެވެ.
07 ޝަޢުބާން 1443
10 މާރިޗު 2022