ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)88-LS/88/2022/20
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 14:29
ސުންގަޑި:
24 މާރިޗު 2022 14:00
މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދަރަންޏެއް ނުވަތަ މައްސަލަައެއް އޮތް ފަރާތެއްވޭތޯ ބެލުމަށް
އިޢުލާން
ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރުމަށް މިމިނިސްޓްރީއިން ކުއްޔަށްދޫކޮށްފައިވާ އދ. މާފުށިވަރު ކުއްޔަށް ދިނުމާބެހޭ ލީސް އެގްރީމަންޓްގެ ދަށުން، އެ ރަށް ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ހައްޤުތައް، އެހެންފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި އެފަރާތުން ހުށަހަޅުއްވާފައިވާތީ، އެ ރަށާއި ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްފަރާތެއް ވާނަމަ މިއިޢުލާން ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އޮފީސް ބަންދުކުރުމުގެ ކުރިން، މިމިނިސްޓްރީއަށް ލިޔުމަކުން ނުވަތަ [email protected] އީމެއިލް މެދުވެރިކޮށް އަންގަވައި ދެއްވުން އެދި، ޢާންމުކޮށް އިޢުލާންކުރީމެވެ.
އިޙްތިރާމް ޤަބޫލު ކުރެއްވުން އެދެމެވެ.
07 ޝައުބާން 1443ހ
10 މާރިޗު 2022