ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)307/INDIV/2022/19
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 14:24
ސުންގަޑި:
21 މާރިޗު 2022 14:00
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާއިބެހޭ:
އިއުލާން
ރުއްގަހުގެ ވެރިފަރާތް ހޯދުމާއިބެހޭ:
ރ.އިންނަމާދޫ "މަންތާ" އެވެ ކިޔާ ބަންޑާރަ ގޯތީގެ އިރުމަތިން ދިރިއުޅުމަށްޓަކައި މިރަށު އޯސަންވިލާ، ހަސަން ސާތިއު އަދި ސީހާފް، އަލީ ސިމާހްއަށް ދޫކޮށްފައިވާ ބަންޑާރަ ގޯތީގައި ހުރި (1 ން 7 އަށް ރަތް ކުލައިގެ ސްޕްރޭއިން ނަންބަރު ޖަހާފައިވާ) 07 ރުކާއި (1 ން 3 އަށް ހުދު ކުލައިގެ ސްޕްރޭއިން ނަންބަރު ޖަހާފައިވާ) 03 ހިރުނދުގަސް އަދި (1 ހުދު ކުލައިގެ ސްޕްރޭއިން ޖަހާފައިވާ) 01 ދިއްގާގަހުގެ ވެރިފަރާތްތައް ހޯދަން ބޭނުން ވެއްޖެއެވެ.
ވިމާ، މަތީގައި ދެންނެވިފާއިވާ ރުއްގަހުގެ ވެރިފަރާތުން 2022 މާރިޗު 21 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދު ކުރުމުގެ ކުރިން ރުއްގަހުގައި ޖަހާފައިވާ ނަންބަރު އެނގޭގޮތަށް ލިޔުމަކުން މިއިދާރާއަށް އަންގަވައިދެއްވުން އެދެމެވެ.
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
10 މާރިޗު 2022