މަސައްކަތް
ނަންބަރު: (IUL)307/INDIV/2022/20
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 14:18
ސުންގަޑި: 16 މާރިޗު 2022 10:00
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުކުރު މިސްކިތުގެ އެއަރ ކޮންޑިޝަން (އޭސީ) ސަރވިސްކޮށްދޭނެ ފަރާތެއް ހޯދުން

އިއުލާން

ހުކުރު މިސްކިތުގެ އެއަރ ކޮންޑިޝަން (އޭސީ) ސަރވިސްކޮށްދޭނެ ފަރާތެއް ހޯދުން:

މިރަށު ހުކުރު މިސްކިތުގައި ހަރުކޮށްފައިވާ 07 (ހަތެއް) އެއަރ ކޮންޑިޝަންގެ އިންޑޯ އަދި އައުޓްޑޯ ޔުނިޓް ދޮވެ ސާފުކޮށް، ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2022 މާރިޗް 16 ވާ ބުދަ ދުވަހުގެ 10:00 އަށްއަންދާސީ ހިސާބް (ކޮޓޭޝަން) ހުށަހެޅުއްވުމަށް ވަޑައިގެން ދެއްވުން އެދެމެވެ. އަދި ހުށައަޅާ އަންދާސީ ހިސާބުގައި މި މަސައްކަތް ފުރިހަމަކޮށް ނިންމުމަށް ހުށައަޅާ މުއްދަތު ހިމެނުމަށް ސަމާލުކަން ދެއްވުމަށް ދަންނަވަމެވެ.

މި މަސައްކަތަށް އަންދާސީ ހިސާބު ޙުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނުނު (ޤާނޫނު ނަމްބަރ 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. ކަނޑައެޅިފައިވާ ދުވަހު ކަނޑައެޅިފައިވާ ގަޑީގައި އަންދާސީ ހިސާބު ހުށައަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެވާހަކަ މިފުރުސަތުގައި ދެންނެވީމެވެ.

 

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

10 މާރިޗު 2022