ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)56-AD/1/2014/26
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2014
ޕަބްލިޝްކުރި ގަޑި: 12:09
ސުންގަޑި: 07 ސެޕްޓެންބަރު 2014 14:00
ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ޑިރެކްޓަރ

މަޤާމުގެ ނަން: ޑިރެކްޓަރ

މުސާރަ: -/8835 ރުފިޔާ

ސާރވިސް އެލަވަންސް: 2000:00 ރުފިޔާ

ރޭންކް: އީއެކްސް 1

ކްލެސިފިކޭޝަން:  އޮފިޝަލްސް އެންޑް އެޑްމިނިސްޓްރޭޓާސް

ބޭނުންވާ އަދަދު: 1

ސެކްޝަން: ކޯޕަރޭޓް ސާވިސް ސެކްޝަން

މަސައްކަތް ކުރަންޖެހޭ ތަން: ޤައުމީކުތުބުޚާނާ، ކ.މާލެ.

ޝަރުޠު:                                                                    

 1. އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
 2. އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
 3. އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
 4. އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
 5. އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓްުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. 

މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

 • ކޯޕަރޭޓް އެފެއާޒްގެ އިދާރީ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
 • އޮގަނައިޒޭޝަންގެ އެޗް.އާރު ޑިވެލޮޕްމަންޓް ޕްލޭންކޮށް ހިންގައި ބެލެހެއްޓުމުގެ ޒިންމާ އުފުލުން.
 • ލައިބްރަރީ ސައިންސް ދާއިރާ އަށާއި އޮގަނައިޒޭޝަނަށް ބޭނުންވާ އެންމެހާ ޓްރޭނިންގތައް ހިންގައި ބެލެހެއްޓުން.
 • މުވައްޒަފުންގެ ރެކްރޫޓްމަންޓާ ގުޅޭ ހުރިހާ ކަމެއް ހިންގައި ބެލެހެއްޓުން.
 • ޕޭރޯލްގެ އެންމެހާ ކަންތައްތައް ބެލެހެއްޓުން.
 • އަހަރީ ރިޕޯޓު ތައްޔާރުކުރުން.
 • ކުތުބުޚާނާއިން ހިންގާ އެކި ޕްރޮޖެކްޓުތައް ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބަލާނެ ކަންތައްތައް:

1. ސިވިލް ސާރވިސްގެ ޤާނޫނާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

2. ސިވިލް ސާރވިސް ކޮމިޝަނުން ނެރެ ޝާއިޢުކޮށްފައިވާ، ސިވިލް ސާރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް – 1 އެޕްރީލް 2013 ގައިވާ، "މިޑިލް މެނޭޖްމަންޓް ސާރވިސްގެ މަގާމުތަކަށް މުވައްޒަފުން އައްޔަން ކުރުމުގެ ކުރައިޓީރިއާ (އެމް.އެސް 3 އިން އީ.އެކްސް 2 އަށް) ގައިވާ ގޮތުގެ މަތިން،

 • ތަޢުލީމާއި ތަމްރީނު %50
 • މަސައްކަތުގެ ތަޖުރިބާ % 12
 • މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް %38

3. ވަޒީފާއަށް އެދޭ ފަރާތުން ހުށަހަޅާ ޕްރެޒެންޓޭޝަންގައި ހިމަނާނެ ބައިތައް:-

 • ޕާރސަނަލް ޕްރޮފައިލް (ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތުގެ ކުރު ތަޢާރަފެއް)
 • ވަޒީފާގެ ދާއިރާއިން ހިންގާފައިވާ ޕްރޮޖެކްޓުތަކާއި އޭގެ ނަތީޖާތައް.
 • ވަޒީފާއަށް ކުރިމަތިލާ އިދާރާގެ ކުރިމަގު ބިނާ ކުރާނެ ގޮތުގެ ތަޞައްވަރު.
 • ވަޒީފާއަށް ކުރިމަތިލާ އިދާރާ ހަރުދަނާކޮށް ހިންގުމަށް އިންސާނީ ވަސީލަތް ބިނާކުރާނެ ގޮތުގެ ތަޞައްވަރު.
 • ވަޒީފާއަށް ކުރިމަތިލާ އިދާރާ ހަރުދަނާކޮށް ހިންގުމަށްޓަކައި ފައިނޭންސް މެނޭޖްކުރާނެ ގޮތުގެ ތަޞައްވަރު.
 • ވަޒީފާގެ މަސައްކަތުގައި ކުރިމަތިވާނެ ކަމަށް ފެންނަ ގޮންޖެހުންތަކާއި އެ ގޮންޖެހުންތައް ޙައްލު ކުރާނެ ގޮތްތައް.
 • ކެންޑިޑޭޓް ކުރިމަތިލާފައިވާ ވަޒީފާއަށް އެންމެ ޤާބިލުވާ ކަމަށް ދެކެވަޑައިގަންނަވާ ސަބަބު.

4. ވަޒީފާއަށް ޝަރުޠު ހަމަވީ ފަރާތްތަކުގެ ތެރެއިން އިދާރީ ދާއިރާގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

އިންޓަވިއު:

- މި މަޤާމުތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ފުރިހަމަނުވާ ފަރާތްތަކަށް، އިޢުލާނުގެ މުއްދަތު ހަމަވާތާ، މަސައްކަތު 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. އަދި މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު، ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 20 ދުވަހުގެ ތެރޭގައި ޤައުމީ ކުތުބުޚާނާގައި އޮންނާނެއެވެ. މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު ބޭއްވުމަށް ކަނޑައަޅާ ދުވަސް، މި މުއްދަތުގެ ތެރޭގައި، 3 ދުވަސް ކުރިން އެންގޭނެއެވެ.

އުޖޫރައާއި އިނާޔަތްތައް:

 • ސަރުކާރުގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ކަންތައްތައް ހަމަޖައްސައި ދެވޭނެއެވެ.
 • އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
 • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
 • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ އެކްރެޑިޓް ކުރެވިފައިވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
 • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.
 • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

ފޯމު ފޮނުއްވަންވީ ތާރީޚު: 2014 ސެޕްޓެންބަރު 07 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން ޤައުމީ ކުތުބުޚާނާ އަށް. (މެދުޒިޔާރަތްމަގަށް ހުންނަ ދާރުލްއާޘާރުގެ ޢިމާރާތް)

 • ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު (ޤައުމީ ކުތުބުޚާނާގެ ކައުންޓަރުންނާއި، ވެބްސައިޓް www.nlm.gov.mv އިން އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ފޯމް ލިބެން ހުންނާނެއެވެ. )
 • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ، ރަސްމީ ގަޑީގައި، 3323943 ނަންބަރު ފޯނާއެވެ. 

29 ޝައްވާލު 1435

25 އޮގަސްޓް 2014