ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)297-297-2022-30
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 10:05
ސުންގަޑި: 17 މާރިޗު 2022 02:00
މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތު ވޭޖް ޕޫލްގައި ރަޖިސްޓްރީވުމުގެ ފުރުޞަތު

   ނަންބަރު:297-AD/297/2022/30

                                              

އިޢުލާނު

މިސްކިތު ވޭޖް ޕޫލްގައި ރަޖިސްޓްރީވުމުގެ ފުރުޞަތު

މިރަށުގެ މިސްކިތްތަކުގެ އިމާމުން / މުދިމުންނަށް ދިމާވާ ހާލަތަކާއި ގުޅިގެން (ވަކިވުން، ޕޭލީވް / ނޯޕޭލީވް، އަހަރީ ޗުއްޓީ ، އާއިލީޒިންމާ ޗުއްޓީ، ސަލާމް ޗުއްޓީ) މަސައްކަތަށް ނުނިކުމެވޭގޮތް މެދުވެރިވެއްޖެ ހިނދެއްގައި ވަގުތީގޮތުން އެ މަޤާމުތަކުގައި މަސައްކަތް ކުރުމަށް 1 އަހަރުދުވަހުގެ މުއްދަތަށް އެކުލަވާލެވޭ ވޭޖް ޕޫލްގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ޝައުޤުވެރިވާ ފަރާތްތަކަށް ޢާއްމުކޮށް ހުޅުވާލަމެވެ.

މަޤާމް:

އިމާމް/ މުދިމް

ބޭނުންވާ ޢަދަދު:

2 (ދޭއް) (18 އަހަރު ފުރި 60 އަހަރު ފުރިފައިނުވުން)

 

މަޤާމުގެ ބާވަތާއި މުއްދަތު:

ވޭޖް އެމްޕްލޯއިމަންޓް އުސޫލުން 1 (އެކެއް) އަހަރަށް

ވަޒީފާއަދާ ކުރަންޖެހޭ ތަން:

ނ.ވެލިދޫމިސްކިތްތައް / ނ.ވެލިދޫކައުންސިލްގެ އިދާރާ

 މުސާރަ:

-     މަސައްކަތްކުރާ ގަޑިއަކަށް 61.00 (ރުފިޔާ) (އިމާމް)

-     މަސައްކަތް 53.00 (ރުފިޔާ) (މުދިމް)

މަސައްކަތްކުރަންޖެހޭ ގަޑީގެ ޢަދަދު

  ދުވާލަކު 5 ގަޑިއިރު ހަފްތާގެ 7 ދުވަސް

 

މަޤާމުގެ ޝަރުތުތައް:

އިމާމް- އިމާމުކަމުގެ ކޯސް ހަދާފައިވުން ނުވަތަ ދީނީ ދާއިރާއަކުން ލެވެލް 3 ގެ ސަނަދެއް ހާޞިލްކޮށްފައިވުން.

މުދިމް- ޤުރުއާން ރީއްޗަށް ކިޔަވަންއެނގުން، ބަންގި ގޮވުމާއި ނަމާދުކުރަން އެނގޭ ފަރާތަކަށްވުން.

 

 

މަޤާމްގެ މައިގަނޑު މަސްއޫލިއްޔަތު:

 

  1. އޮފީހުން ހަވާލުކުރާ މިސްކިތެއްގައި ފަރުޟުފަސްނަމާދު، ވަގުތުގައި ބަންގިދިނުމާއި އިމާމްވެ ނަމާދުކުރުން.
  2. މިސްކިތުގެ ސައުންޑް ސިސްޓްމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ކައުންސިލަށް އަންގައިގެން ހައްލުކުރުމަށް މަސައްކަތްކުރުން.
  3. މިސްކިތުގެ ސާފްތާހިރުކަމާއި އަދި މިސްކިތުގެ އެންމެހާ ކަންތައްތައް ހިނގާ ނުހިނގާގޮތްބަލައި ސުޕަވައިޒްކޮށް ދިމާވާ މައްސަލަކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހައްލުކުރުމަށް މަސައްކަތްކުރުން.
  4. މިސްކިތުގެ އެއްވެސް ތަނަކަށް ގެއްލުމެއް ލިބިފައިވޭތޯ ބެލުމާއި، މަރާމާތެއް ކުރަންޖެހިފައިވާ ތަނެއް ހުރިތޯބަލައިކަމާބެހޭ އިދާރާއަށް އަންގައި އެކަން ހައްލުކުރުމަށް މަސައްކަތްކުރުމާއި އިދާރާއިން އަންގާގޮތެއްގެ މަތިން މިސްކިތުގެ ސައުންޑްސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ހައްލުކުރުމަށް މަސައްކަތްކުރުން.
  5. މިސްކިތުގައި ނަމާދުކުރާ މީހުންނަށް ރަނގަޅު މާހައުލެއް ޤާއިމްކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން މަސައްކަތްކުރުން.
  6. މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި މިނިސްޓްރީން ހުއްދަނެތި އެއްވެސް ލިއުމެއް ހަރުކުރެވިފައިހުރިތޯ ބެލުމާއެކު އެފަދަލިއުމެއް ހުރިނަމަ މިސްކތްތަކާބެހޭ ސެކްޝަނަށް އެކަން އަންގާއެލިއުމެއް ނައްތާލުން.
  7. މިސްކިތުތެރޭގައި މިނިސްޓްރީގެ ހުއްދަނެތި އެއްވެސް ފޮތެއް ނުވަތަ ލިއުމެއް ހުރިނަމަ މިސްކިތްތަކާބެހޭ ސެކްޝަނަށް އެކަން އަންގާއެލިއުމެއް ނައްތާލުން.
  8. މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި އިސްލާމްދީނާއި ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް އެއްވެސް ހަރަކާތެއް ހިނގާނަމަ ނުވަތަ ހިންގަންއުޅޭކަން އެނގިއްޖެނަމަ މިސްކިތްތަކާބެހޭ ސެކްޝަންގެ އިސްވެރިޔަކަށް އަންގާ އެވެރިއަކު އަންގަވާ ގޮތެއްގެ މަތީން ޢަމަލުކުރުން.
  9. މިސްކިތުގެ އިމާމު އޮފީހަށް ނުކުމެ ސޮއިކޮށްފައި ވަނިކޮށް، ހަމައެދުވަހު އިމާމަށްކަމެއް ދިމާވެގެން މިސްކިތަށް ދިއުމަށް އުޒުރުވެރިވެއްޖެނަމަ އެދުވަހުގެ ބާކީއޮތް ބަޔަކަށް މިސްކިތަށް މީހަކު ހަމަޖެއްސުމަކީ މިސްކިތް ހަވާލުކޮށް ފައިވާ އިމާމްގެ ޒިންމާއެކެވެ. މިގޮތަށް ހަވާލުކުރައްވާ މީހަކީ ތަޖުވީދުމަގުން ޤްރުއާން ކިޔަވަން އެނގޭ މީހަކަށްވުމާއި ރީތިކޮށް ބަންގިދޭން އެނގޭމީހަކަށް ވާންވާނެއެވެ. އަދި މިކަން އޮފީހަށްވެސް އެންގުން.
  10.  އޮފީހުންއަންގައިފިހިނދެއްގައި ކޭތަނަމާދާއި،އީދުނަމާދާއި،ހުކުރުނަމާދު އަދި ތަރާވީޙްނަމާދާއި ކަށުނަމާދު އިމާމްވެކުރުން.
  11. މިނިސްޓްރީން ހުއްދަލިބިގެން މިސްކިތުގައި ދީނީދަރުސްތައް ދިނުންފަދަ ދީނީ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި އަދި އެކަމެއް ނިމެންދެން މިސްކިތުގައި މަޑުކުރުން.
  12. މިސްކިތްތަކާބެހޭގޮތުންރައްޔިތުންކުރާޝަކްވާގެއަޑުއަހާ އެޝަކްވާތައް އޮފީހަށް ހުށަހަޅައިގެން ހައްލުކުރުމަށް މަސައްކަތްކުރުން.
  13. ކަށުކަމާކެމީގެ ކަންތައްކުރުން (މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނުވަތަ ކައުންސިލްތަކުންއެދިއްޖެ ހާލަތެއްގައި)
  14. ރަސްމީ މަސައްކަތާގުޅޭގޮތުން މިސްކިތުގައި ކުރުމަށް ހަވާލުކުރެވޭ އެންމެހައި ކަންތައްތައްކުރުން.

      ވީމާ، ވޭޖްޕޫލްގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 މާރޗް 2022 ވާ ބުރާސްފަތި ދުވަހުގެ 14.00 ގެ ކުރިން ރަޖިސްޓްރީވުމަށް ބޭނުންވާ މަޤާމް ސިޓީއަކުން ހުށައެޅުއްވުންއެދެމެވެ. އަދި ސިޓީއާއެކު އައި.ޑީ ކާޑުގެ ކޮޕީ އަދި ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ ހުށަހެޅުއްވުންއެދެމެވެ. އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6560010، 6560056 ނަންބަރު ފޯނާ ގުޅުއްވުންއެދެމެވެ. އީ-މެއިލް ކުރާނީ[email protected] އަށެވެ.

07 ރަޖަބް 1443

10  މާރޗް 2022

10 މާރިޗު 2022