ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)329/329/2022/32
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2022
ޕަބްލިޝްކުރި ގަޑި: 10:01
ސުންގަޑި: 14 މާރިޗު 2022 14:00
ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައު އިންޖީނުގެއާއި ފުޓްބޯޅަ ދަނޑާ ދެމެދު ހެދުމަށް ހަމަޖެހިފައިވާ މަގަށް އަރާފައިވާ ރުއްގަސްތަކުގެ ވެރިން ހޯދުން

އައު އިންޖީނުގެއާއި ފުޓްބޯޅަ ދަނޑާ ދެމެދު ހެދުމަށް ހަމަޖެހިފައިވާ މަގުގެ ސަރަހައްދު ވަކިކުރުމަށް ދަނޑިޖަހާ، އެސަރަހައްދު  މިހާރުވަނީ ވަކިކުރެވިފައެވެ. އަދި އެސަރަހައްދުގައި ހުރި ބަދަލުދޭންޖެހޭ ރުއްތަކުގައި ވާނީ ރަތްކުލައިގެ ނަންބަރު ޖަހާފައެވެ.

            ވީމާ އެރުއްތަކުގެ ވެރިފަރާތްތަކުން ރުކުގައި ޖަހާފައިވާ ނަންބަރު ކައުންސިލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. އަދި ނަންބަރު ނުޖަހާ ހުރި ކުދިރުއްތައް ރުކުގެ ވެރިފަރާތުން ނަގައި ނިންމެވުންއެދެމެވެ. އަދި ދަންނަވަމެވެ. އެ މަގަކީ މިރަށުގައި ހިންގާ ޕްރޮޖެކްޓަކާ ގުޅިގެން ވަރަށް އަވަހަށް ހަދަންޖެހޭ މަގަކަށްވާތީ 14 މާރިޗު 2022 ގެ 14:00 ކުރިން ނަންނޯޓް ކުރުމާއި ކުދި ރުއްތައް ނަގާ ނިންމެވުން އެދެމެވެ.

     މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

             08 ޝަޢުބާން 1443

             01 މާރިޗު 2022

10 މާރިޗު 2022